
ގެމަނަފުށީގައި ކުރިއަށްދިޔަ "ބްލޫސް ވޮލީ ކޯޗިންގ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
# ގއ.ގެމަނަފުށި# ވޮލީ ބޯޅަ# ޕޮލިސް ކްލަބުphoto_2022-09-23 16.07.32
ގއ ގެމަނަފުށީގައި ކުރިއަށްދިޔަ "ބްލޫސް ވޮލީ ކޯޗިންގ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

06 ސެޕްޓެމްބަރުން ފެށިގެން 22 ސެޕްޓެމްބަރގެ ނިޔަލަށް ގެމަނަފުށީގައި ކުރިއަށް ގެންދިޔަ ބުލޫސް ވޮލީ ކޯޗިންގ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ގެމަނަފުށީ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދު އެވެ.
މިކޯޗިން ކޭމްޕަކީ ދެމެހެއްޓެނިވި ގޮތެއްގައި ވޮލީ ކުޅޭނެ ކުޅުންތެރިން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ވޮލީ ޕްރޮގްރާމް ފެށުމުގެ ގޮތުން ޕޮލިސް ކުލަބާއި ގެމަނަފުށީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވުނު ކޭމްޕެކެވެ. މި ކޭމްޕުގައި ދެ ޖިންސުގެ ޒުވާނުންގެ ތެރެއިން 35 ބައިވެރިން އަދި ސްކޫލް ގުރޭޑް 7 އިން ފެށިގެން މަތީ ގުރޭޑް ތަކުން 68 ދަރިވަރުން ބައިވެރިވެފައި ވެއެވެ.
މިކޭމްޕްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ މަޝްހޫރު ކޯޗުން ކަމުގައިވާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަތުހުالله ވަހީދު (ފައްލޮ ކޯޗް) އަދި އިބްރާހިމް ޖަލީލް (ޖައްލެ ކޯޗް) އެވެ.
ގުޅުންހުރި

ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި
.jpg&w=3840&q=75)
ގެމަނަފުށީ ކެފޭ ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

ގެމަނަފުށީގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި
