
--
"އުފާވެރި ރާސްތާ" ޕްރޮގްރާމް ކ ހުރާގައި ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޞިއްޙީގޮތުން ދުޅަހެޔޮކޮށް ތިބުމަށާ، އުފާވެރިކަމާއެކު ދޮށީއުމުރު ހޭދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހުރާގައި ކުރިޔަށް ގެންދާ ޕްރޮގްރާމުގައި އެރަށުގައި އިސްރަށްވެހިންނާ، މާލޭގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީގެ ބައެއް މެމްބަރުން ވަނީ ބައްދަލުކޮށް ނާދީގެ ތަޖުރިބާތަކާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގިދާނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްދެއްވުމަށް ހުރާ ދާއިރާގެ މެމްބަރު އަނާރާ ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެ ކަމަނާއަށް ޚާއްސަ ޝުކުރެއް ވުޒާރާގެ ފަރާތުން ވަނީ އަރިސްކޮށްފައި އެވެ.
ގުޅުންހުރި

އިޖްތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ހޯދުމަށް އދގެ މަންދޫބާއިއެކު މަޝްވަރާކޮށްފި

ފޮނަދޫގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "އުފާވެރި ރާސްތާ" ޕްރޮގްރާމު ކުރިޔަށް ގެންގޮސްފި

'ޙާލު ކިހިނެއް؟' ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ތައްޔާރުވަނީ
