
ދެމެހެއްޓެނިވި އަދި ދަށް އެމިޝަން ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް މަޝްވަރާކޮށްފި
# އެންވަޔަރަމަންޓް މިނިސްޓްރީ--
ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ދަށް އެމިޝަން ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

'އިންޓެގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް' ގެ ނަމުގައި ހިންގާ މި މަޝްރޫއުއަކީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މި ބައްދަލުވުމަކީ މާލެ ސަރަޙައްދަށް އެކުލަވާލަމުންދާ އެއްކޮށްލެވިފައިވާ ދަތުރުފަތުރުގެ މާސްޓަރ ޕްލޭން މުރާޖަޢާކޮށް ނިންމުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.
މިނިސްޓްރީން ބުނީ މި މާސްޓަރ ޕްލޭންގެ މަޤްޞަދަކީ ދަތުރުފަތުރުގެ ދާއިރާއިން ބޭރުކުރެވޭ ގްރީން ހައުސް ގޭސްތަކާއި ވައި ތަޣައްޔަރުވުން މަދުކުރުމުގެ ތެރެއިން ދެމެހެއްޓެނިވި އަދި ދަށް އެމިޝަން ދަތުރުފަތުރުގެ ނިޒާމެއް ކުރިއެރުވުން ކަމަށެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ގުޅުންހުރި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް 25 މުއައްސަސާއެއްގެ މަންދޫބުން ބައިވެރިވިއެވެ.
ބައްދަލުވުން ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމާއި ވައި ތަޣައްޔަރުވުން މަދުކުރުމުގައި ދަތުރުފަތުރުގެ ދާއިރާއިން އަދާކުރާ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މުހިންމު މަޢުލޫމާތުތަކާއި ތަފާސްހިސާބުތައް ޞައްޙަކަން ކަށަވަރުކުރުމަށް ސްޓޭކްހޯލްޑަރުންގެ ޚިޔާލުތައް ހޯދާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ..
މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުޒާމު އިތުރަށް ހަރުދަނާވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދަތުރުފަތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ކެޓެނޭޓް މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޤައުމީ އެޑެޕްޓޭޝަން ޕްލޭން ރޯޑްމެޕް ވެލިޑޭޓް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް ދެނެގަތުމާއި ރިޕޯޓުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
