
ޤައުމީ ތަރައްޤީގެ ސިޔާސަތުތަކުގައި ގުދުރަތީ ރައުސްމާލު ހިމެނުމުގެ މަސައްކަތް ފަށައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ--
ޤައުމީ ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގައި ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުން ބޭނުންކުރެވޭނެ ގޮތްތަކާއި މިކަމުގެ ފައިދާތަކާ ބެހޭގޮތުން ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤް އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތަކަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އަގުހުރި ވަސީލަތްތަކެއް ކަމަށެވެ. އަދި މި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގައި ބައިވެރިވި ސަރުކާރުގެ އިސް ފަރާތްތަކަށް، ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމުގެ މުހިންމުކަމާއި، މިކަމުން ލިބޭނެ ފައިދާތަކާ ބެހޭ ގޮތުން މަޢުލޫމާތު ވަނީ ފޯރުކޮށްދީފައި އެވެ. މީގެ ތެރޭގައި ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމާއި، އިޤްތިޞާދީ ކުރިއެރުން ހޯދުމުގައި ގުދުރަތީ ވަސީލަތްތަކުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ދެއްވާ އިސްކަމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބާއްވައި، ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށް ރާވާފައިވާ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ގުޅުންހުރި

20 ވަނަ އޭސިއަން ކްލީން އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކެޓެނޭޓް މަޝްރޫޢުގެ ސްޓިއަރިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ޤައުމީ އެޑެޕްޓޭޝަން ޕްލޭން ރޯޑްމެޕް ވެލިޑޭޓް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
