
ލިވަޕޫލުން 20 ވަނަ ލީގު ތަށި ހޯދުން ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަނީ، ހަވާވެސް އަރުވާނެ!
# ލިވަޕޫލް--
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލްގެ ކާމިޔާބީ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

ލިވަޕޫލްގެ ކާމިޔާބީ ރާއްޖޭގައި ފާހަގަކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުގެ ފަރާތުންނެވެ. އެކްލަބުން މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގުގެ ފަހު މެޗުގައި ލިވަޕޫލްއާއި ކްރިސްޓަލް ޕެލެސް ވާދަކުރާ މެޗާއި އެކުގައި އެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ރާއްޖެ ގަޑިން 20:00 ގައި އެވެ.
މި މެޗުގެ ޕަބްލިކް ސްކްރީނިންގ އާއި އެކު ކުރިޔަށްގެންދިޔުމަށް ނިންމާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަހައްދުގައި އެވެ. ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ 19:45 ހާއިރު އެވެ.
މެޗާއި އެކު ބޮޑުބެރުގެ ހަރަކާތްވެސް ކުރިޔަށްދާއިރު މެޗު ނިމުމާއި އެކު ހަވާއެރުވުން ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ނިންމާފައި އެވެ.
މި ހަރަކާތް ކުރިޔަށްދާނީ ދިރާގާއި ، އެޗްޑީސީ ، އެމްއެމްޕީއާރްސީ މީޑިއާނެޓް، އިންކްޑް އަދި ޝަވަރުމަޝްގެ އެހީތެރިކަމާއި އެކުގައި ކަމަށް ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބުން ބުނެއެވެ.
ލިވަޕޫލްއިން ވަނީ މިއަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ހޯދާފައި އެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަންކަން ލިވަޕޫލްއިން ހޯދިއިރު ލީގުގައި ނުކުޅެ ބާކީ 4 މެޗު އޮތެވެ.
ރާއްޖެއަކީ ލިވަޕޫލްގެ ރަސްމީ ޓޫރިސްޓު މަންޒިލެވެ. އެގޮތުން މިއަހަރު އެމްއެމްޕީއާރްސީން ވަނީ ލިވަޕޫލް އާއި އެކު ރާއްޖެ މާކެޓުކުރުމަށް ޚާއްސަ ކެމްޕެއިނެއް ފަށާފައި އެވެ.
ގުޅުންހުރި

ލިވަޕޫލުން 20 ވަނަ ލީގު ތަށި ހޯދުން ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަނީ، ހަވާވެސް އަރުވާނެ!

އަމިއްލަ ދަނޑުގައި ބްރައިޓަން އިން ލިވަޕޫލް ބަލިކޮށްފި

ލީގު ޗެންޕިއަންކަން ކަށަވަރުކޮށް ލިވަޕޫލުން ޔުނައިޓެޑްގެ ރެކޯޑާއި އަރައި ހަމަކޮށްފި
.jpg&w=3840&q=75)