logoEN
Sto top
މ ވޭވަށާއި ނާލާފުށީގައިވެސް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

މ ވޭވަށާއި ނާލާފުށީގައިވެސް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އަހުމަދު ޝުރާއު

logo

5/22/2025, 8:11:49 AM

# ބީއެމްއެލް

--

މ އަތޮޅުގެ އިތުރު ދެ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

Wamco

ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތްތައް މިއަދު ރަސްމީކޮށް ފަށާފައިވަނީ މ އަތޮޅު ވޭވަށް އަދި ނާލާފުށީގައި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެރަށްތަކުގައި އޭޓީއެމްތައް ގާއިމްކޮށް ރަސްމީކޮށް ހުޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ. ކޮންމެ ރަށެއްގައި ވަކި ވަކީން ބޭއްވި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިންނާއި އެރަށްތަކުގެ ކައުންސިލުގެ މެންބަރުންނާއި އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.

މިއާއި އެކު މިހާތަނަށް ރާއްޖޭގެ ދެ އަތޮޅެއްގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތްތައް ވަނީ ގާއިމްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside