
-
ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕަރސަން އާއި ބޯޑު މެމްބަރުން އައްޔަންކޮށްފި އެވެ.

ބީއެމްއެލްއަށް ޗެއާޕާސަންއަކާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އައްޔަނުކޮށްފައިވަނީ ނޫވިލާގެ، ސ. ހިތަދޫ ، އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް އެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅައި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
1. އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ
2. އަލްފާޟިލް މުޙައްމަދު ޝަރީފް، މ. ޢިފާޢު، މާލެ
3. އަލްފާޟިލާ ސަޙަރު ވަޙީދު، މ. ވެލާލުގެ، މާލެ
4. އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04، މާލެ
5. އަލްފާޟިލް ޢާދިލް މޫސާ، ފެންއާރު، ބ. އޭދަފުށި
6. އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ. ފްލެޓްނަންބަރު 90-2-02، މާލެ
7. ޑރ. މަރްޔަމް ސުޒީ އާދަމް، މ. އެމޭޒަން، މާލެ
8. އަލްފާޟިލް މުޙައްމަދު މާއިޒު މުނާޒު، ގ. އަޒާރޯ، މާލެ
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ 3 ޑިރެކްޓަރުން:
1. އަލްފާޟިލް ޢަބްދުﷲ ނަސީމް، ކަރަންކާވިލާ، ހއ. ފިއްލަދޫ
2. އަލްފާޟިލް ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
3. އަލްފާޟިލް މޫސާ ރަޝީދު، މ. ޤަސީމު، މާލެ
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި، 2024 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބެހުމަށް ހިއްސާދާރުން ވަނީ ފާސްކޮށްފައިއެވެ. މިއީ ބޭންކުގެ ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
ގުޅުންހުރި

ބީއެމްއެލްގެ ޗެއާޕަރސަން އާއި ބޯޑު މެމްބަރުން އައްޔަންކޮށްފި

ބީއެމްއެލް އިން ހިއްސާދާރުންނަށް 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި

ބީއެމްއެލްގެ އަމާޒަކީ ސަރަހައްއްދުގެ އެންމެ ރަނގަޅު ޑިޖިޓަލް ބޭންކަށް ވުން - ޝަރީފް
