logoEN
Sto top
ޔަހޫދީންނަށް ހަމަލާ ދިނުމަކީ ރަތް ރޮނގު ހުރަސްކުރުން - އިސްރާއީލް

ޔަހޫދީންނަށް ހަމަލާ ދިނުމަކީ ރަތް ރޮނގު ހުރަސްކުރުން - އިސްރާއީލް

އަހުމަދު ޝުރާއު

logo

5/22/2025, 4:38:36 AM

# އިސްރާއިލް

މިއަދު އެމެރިކާގެ ވޮޝިންގޓަންގައި ދިން ހަމަލާއެއްގައި އިސްރާއީލް އެމްބަސީގެ ދެ މުވައްޒަފަކު މަރާލި ހަމަލާއަކީ ނިރުބަވެރި ހަމަލާއެއްގެ ގޮތުގައި އިސްރާއީލުން ސިފަކޮށްފި އެވެ.

Wamco

އިސްރާއީލުގެ އދ ސަފީރު ޑެނީ ޑެނޮން ވަނީ މި ހަމަލާ އަކީ ނިރުބަވެރި ހަރުކަށި އަމަލެއްގެ ގޮތުގައި ސިފަކޮށްފައި އެވެ.

"ޔަހޫދީންނަށް ހަމަލާ ދިނުމަކީ ރަތް ރޮނގު ހުރަސްކުރުން. މި ޖިނާއީ އަމަލުހިންގުމަށް ޒިންމާވާ ފަރާތްތަކާ މެދު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އެބައޮތް . ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އިޒްރޭލުން އެގައުމުގެ ރައްޔިތުންނާއި މަންދޫބުންގެ ރައްކާތެރިކަމަށް ޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާނެ،" ޑެނޮން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެމެރިކާގެ އޭބީސީ ނިއުސް އާއި ފޮކްސް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ ޔަހޫދީ މިއުޒިއަމެއްގެ ބޭރުގައި މިއަދު ދިން ބަޑީގެ ހަމަލާގައި އަންހެނަކާއި ފިރިހެނަކު ވަނީ މަރުވެފަ އެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުގައި މަރުވި ދެމީހުންނަކީ އެމެރިކާގައި ހުންނަ އިސްރާއީލު އެމްބަސީގައި މަސައްކަތްކުރާ އިޒްރޭލަށް ނިސްބަތްވާ ދެ މީހެކެވެ.

މި ހަމަލާދީފައިވަނީ އެމެރިކަން ޔަހޫދީ ކޮމިޓީން އެތަނުގައި ބޮޑު ހަރަކާތެއް ކުރިޔަށް ގެންދަނިކޮށެވެ. އެ ހަރަކާތުގައި އިޒްރޭލު އެމްބަސީގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside