logoEN
Sto top
ބަޔޯލޮޖިކަލް ޑައިވަރސިޓީ ދުވަސް ފާހަގަކުރުމަށް ޒުވާނުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

ބަޔޯލޮޖިކަލް ޑައިވަރސިޓީ ދުވަސް ފާހަގަކުރުމަށް ޒުވާނުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

5/21/2025, 5:40:00 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

މި އަހަރުގެ ބަޔޯލޮޖިކަލް ޑައިވަރސިޓީގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޕްރޮޖެކްޓް ކޯޑިނޭޝަން އެޖެންސީ (ޕީ.ސީ.އޭ) އިން ޒުވާނުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

Wamco

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މި އަހަރުގެ ތީމް ކަމުގައިވާ "ގުދުރަތާއި ދެމެހެއްޓެނިވި ތަރައްޤީއާ އެކު ވަޒަންވެރިވުން" ގެ މައްޗަށް ކަމަށާއި މި ބައްދަލުވުމުގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި ބަޔޯލޮޖިކަލް ޑައިވަރސިޓީ އާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

ޕީ.ސީ.އޭގެ ފަރާތުން ބުނީ މި ބައްދަލުވުމަކީ ޒުވާނުންނަށް ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އައު ޚިޔާލުތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށާއި، ދުވަހާއި ގަޑި އަދި ތަން އިތުރަށް އިޢުލާނު ކުރާނެ ކަމަށް ޕީ.ސީ.އޭ އިން މަޢުލޫމާތު ދެއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside