
ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ އިންޓަވިއު ފަށައިފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ--
'ޒުވާން ޚަޠީބުން' ޕްރޮގްރާމުގެ ތިން ވަނަ ބުރުގައި ބައިވެރިވި ފަރާތްތަކުގެ އިންޓަވިއު މާލޭގައި ފަށައިފިއެވެ.

'ޒުވާން ޚަޠީބުން' ޕްރޮގްރާމްގެ ތިން ބުރުގައި ބައިވެރިވުމަށް ޓަކައި 338 ފަރާތަކުން ވަނީ ފޯމު ހުށައަަޅައިފައެވެ. މީގެ ތެރެއިން ޝަރުތުހަމަވެފައިވަނީ 269 ފަރާތަކުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިންޓަވިއު ހިމެނޭ އިމްތިހާނުން ފާސްވާ ފަރާތްތަކަށް ސަނަދު ދިނުމުގެ ކުރިން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށާއި މި ތަމްރީނުތައް ދެއްވާނީ ރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިން ކަމަށެވެ.
'ޒުވާން ޚަޠީބުން' ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެން ބައެއް ދާއިރާތަކުން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޚާއްޞަ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ގުޅުންހުރި

ޙައްޖުވެރިންނަށް ވަޒީރުގެ މުހިއްމު ނަޞޭޙަތްތަކެއް!

ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ޙައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން – ޝަހީމު

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބުރުގެ އިންޓަވިއު ފަށައިފި
