logoEN
Sto top
ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާނީ ރައީސްގެ ދަކަނބަލުން!

ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާނީ ރައީސްގެ ދަކަނބަލުން!

އަހުމަދު ޝުރާއު

logo

5/18/2025, 6:03:41 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ރާއްޖެ ވަޑައިގެންނެވީ ސައުދީގެ އިސް އޮފިޝަލުން ފުރިހަމަކޮށްފި އެވެ.

Wamco

މިކަން ހާމަކުރައްވައި މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއެޓިވެގެ ދަށުން ހައްޖުވެރިންގެ ޖިއްދާގެ އިމިގްރޭޝަން އެރައިވަލްގެ 15 ހައްޖުވެރިންގެ އެރައިވަލް ޓެސްޓްކޮށް ކާމިޔާބުކަމާއެކު ނިޒާމް ތަޖުރިބާކޮށް މިހާރު ނިންމާލާފައިވާ ކަމަށެވެ.

އަދި މިމަހުގެ 26 މެއި ގައި މި ތާރީޚީ ބަދަލު އިފްތިތާޙު ކޮށްދެއްވާނީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެކަނބަލުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން މި މަހުގެ 26 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ދިވެހިރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކުރުން 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ މަސައްކަތްތައް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް އިއްޔެ ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. މީގެ އިތުރުން މި މަސައްކަތަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ އެޑްވާންސް ޓީމުގެ ވަފުދުން ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު، އެ ވަފުދުން ވަނީ ރާއްޖޭގެ ކަމާއި ބެހޭ މުއައްސަސާތަކާއެކުވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހި ޙައްޖުވެރިން ވެލާނާ އެއާޕޯޓުން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ފުރިހަމަ ކުރަން ޖެހޭ އިމިގްރޭޝަން ޕްރޮސެސް ފުރިހަމަ ކުރާނެއެވެ. މިއާއެކު ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތުގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside