logoEN
Sto top
ޙައްޖުވެރިންނަށް ވަޒީރުގެ މުހިއްމު ނަޞޭޙަތްތަކެއް!

ޙައްޖުވެރިންނަށް ވަޒީރުގެ މުހިއްމު ނަޞޭޙަތްތަކެއް!

އަހުމަދު ޝުރާއު

logo

5/25/2025, 11:26:53 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ދިވެހި ޙައްޖުވެރިންނަށް، ޙައްޖާއި ގުޅޭ މުހިއްމު ނަސޭޙަތްޕުޅުތަކެއް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދެއްވައިފިއެވެ.

Wamco

މިއަހަރު ޙައްޖުގެ އަޅުކަމަށް ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިންނަށް ރޭ ބޭއްވުނު ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ޙައްޖުވެރިންނަށް މުހިއްމު ނަސޭޙަތްތަކުގެ މައްޗަށެވެ.

ވަޒީރުގެ ވިދާޅުވީ، ޙައްޖު ދަތުރަކީ ކޮންމެ ބޭފުޅެއްގެ ޙަޔާތުގައިވެސް ކުރައްވާނެ އެންމެ މާތް އެންމެ މުޤައްދަސް ދަތުރުކުރުކަމަށާއި ކަޢުބަތުﷲ ގެފުޅަށް ޒިޔާރަތް ކުރުމުގެ ނިޢުމަތަކީ މާތް ﷲ އިންސާނާއަށް ދެއްވާނެ އެންމެ މަތިވެރި އެއް ނިޢުމަތްކަމަށެވެ. ވަޒީރު ވިދާޅުވީ، މައްކާއަށް ގޮސް ކުރާ ހުރިހާ އަޅުކަމެއް ޤަބޫލް ކުރައްވާތޯ މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން ޖެހޭނެކަމަށާއި ޢަމަލުތައް ޤަބޫލްކުރެވޭނީ ދެ ޝަރުތެއް ފުރިހަމަ ވުމުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރު ވިދާޅުވީ، އެއީ ކުރާ ޢަމަލަކީ ﷲއަށްޓަކައި އިޚްލާސްތެރިކަމާއެކު ކުރާ ޢަމަލަކަށް ވާން ޖެހޭނެކަމަށާއި ކުރާ އަޅުކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވައްސަލްގެ ސުންނަތާއި އެއްގޮތްވާ ގޮތުގެ މަތީން ކުރާ އަޅުކަމެއްކަމުގައިވުން ކަމަށެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ޙައްޖުގެ މަތިވެރި އަޅުކަމަކީ ކެތްތެރިކަމާއި ވަރަށް ބޮޑަށް ގުޅިފައިވާ ޢަމަލެއްކަމަށާއި، ޙައްޖުވެރިންގެ ކަންކަން ވީހާވެސް ފުރިހަމައަށް ގެންދިއުމަށް ކަމާއިބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވިއަސް، މިފަދަ ބޮޑު އޮޕަރޭޝަނެއްގައި އުއްމީދުނުކުރާ ފަދަ އެތައް ކަމެއް ހިނގާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ޙާލަތްތަކުގައިވެސް ވީހާވެސް ބޮޑަށް ކެތްތެރިވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ޙާލަތްތަކުގައި ޙައްޖުވެރިންނަށް ދިމާވާ ކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ހަމައެއާއެކު ޙައްޖުވެރިން އެކަކު އަނެކަކަށް އަޅާލާ އެހީތެރިވުމަށާއި، އެއް ކޮޓަރިއެއްގައި ނުދަންނަ ބޭފުޅަކާއެކީ ހުންނަން ޖެހުނުކަމަށްވިއަސް އެކުވެރިކަމާއި އެކު އުޅުއްވުމަށާއި ބަލި ޙާލަތުގައި އެއް ޙާޖީއަކު އަނެއް ޙާޖީއަކަށް އެހީތެރިވުމަކީވެސް ވަރަށް ބޮޑު އަޅުކަމެއްކަމަށެވެ.

މީގެ އިތުރުން ޙައްޖަށް ގޮސް އުޅުއްވާއިރު ވީހާވެސް ގިނައިން އަމިއްލަ ނަފްސަށާއި، އާޚިރަތަށާއި، މައިބަފައިންނަށް އަދި މުޅި އުއްމަތަށް ހެޔޮ ދުޢާ ކުރެއްވުމުގައި ދެމި ތިއްބެވުމަށް ވަޒީރު ވަނީ ޙައްޖުވެރިންނަށް ނަސޭޙަތްތެރިވެލައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside