logoEN
Sto top
ކޭލަކުނާއި ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ތަރައްޤީކުރުމަށް ސޮއިކޮށްފި

ކޭލަކުނާއި ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ތަރައްޤީކުރުމަށް ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

5/20/2025, 4:38:47 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ހދ ކޭލަކުނާއި ށ ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ތަރައްޤީކުރުމަށް ސޮއިކޮށްފި އެވެ.

Wamco

މި މަސައްކަތާއި ގުޅޭ ފަހުމުނާމާއެއްގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) އާއި ދެމެދު މިއަދު ވަނީ ސޮއިކޮށްފައި އެވެ.

ހދ.ކޭލަކުނު އަދި ށ.ފަރުކޮޅަކީ ގާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަކަށް ވުމާއެކު، މި މަޝްރޫޢުގެ ދަށުން މި ދެ ސަރަހައްދުގައި ނޭޗަރ ޕާކުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ގަވާއިދު ނަންބަރު 2018/R-78 (ޤުދްރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކް ޤާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޓެކްނިކަލް ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން 4 މަރުހަލާއަކަށް ބަހާލައިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside