
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
# ކަސްޓަމްސް ސާވިސަސް--
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިކަން ހާމަކޮށް ކަސްޓަމްސްއިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި އެއިދާރާއިން އަތުލައިގެންފައިވާ ކަމަށާއި އަތުލައިގަތް މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށެވެ.
މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
އަތުލައިގަތް ތަކެތީގެ ވަގުތީ ބަރުދަނުގައި 1020 ގުރާމު ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ނަމަވެސް މި މައްސަލައާއި ގުލިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުންނާއި ކަސްޓަމްސްއިން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

"ޓްރޭޑިއަން" ޕޯޓަލްއަށް ކަސްޓަމްސްގެ އިތުރު ހިދުމަތެއް!

އަންނަ މަހުން ފެށިގެން ފްރައިޓް ފޯވާޑިންގގެ ޚިދުމަތް ލިބޭނީ ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި!

ކަސްޓަމްސްގެ ޚިދުމަތާ އަލަށް ގުޅުނު 59 އޮފިސަރަކު ހުވާކޮށްފި
