logoEN
Sto top
މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންގެ ކަންބޮޑުވުންތަކަށް އެޗްޑީސީން ވަގުތުން ހައްލު ހޯދައިދީފި

މުދާ ޖެޓީ ސަރަހައްދުގައި ކަންބޮޑުވުން ފާޅުކުރި އޮޑިވެރިންގެ ކަންބޮޑުވުންތަކަށް އެޗްޑީސީން ވަގުތުން ހައްލު ހޯދައިދީފި

އަހުމަދު ޝުރާއު

logo

5/18/2025, 12:08:33 PM

# އެޗްޑީސީ

--

ހުޅުމާލެ މުދާ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގައި، ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިދީފިއެވެ.

Wamco

މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތަށް، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދި އެޗްޑީސީން 09 އޭޕްރީލް 2025 ގައި ވަނީ އިއުލާންކޮށްފައެވެ.

އެހެންނަމަވެސް، އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް ދިން މުހުލަތު ފަހަނައެޅުމުން، މިއަދު އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން އެންގުމާއެކު، ބައެއް އޮޑިވެރިން އެ ސަރަހައްދަށް އެއްވެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މިއާއި އެކު އެ އޮޑިވެރިންނާ އެޗްޑީސީގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.

އެޗްޑީސީން ބުނީ އެކުންފުނީން އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside