logoEN
Sto top
'ބެޑް ރިޑެން' ޕްރޮގްރާމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ސިއްޚީ އަދި އިޖުތިމާޢީ އެހީތެރިކަން ލިބިގެންދާނެ!

'ބެޑް ރިޑެން' ޕްރޮގްރާމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ސިއްޚީ އަދި އިޖުތިމާޢީ އެހީތެރިކަން ލިބިގެންދާނެ!

އަހުމަދު ޝުރާއު

logo

5/18/2025, 7:12:47 AM

# އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

--

'ބެޑް ރިޑެން' ޕްރޮގްރާމުގައި ރެޖިސްޓްރީވުމަށް ދާންމަތިވެފައިވާ އިސްރަށްވެހިންގެ ޢާއިލާތަކުން އެކަމަށް އެދި ފޯމު ހުށަހެޅުމުން، ސްކްރީނިން މަރުހަލާއަކަށް ފަހު އެޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް މިި ވުޒާރާގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ އާސިިފް ހަނީފް ވިދާޅުވެއްޖެއެވެ.

Wamco

ރާއްޖެ މިއަދު ޕްރޮގްރާމުގައި މި ވުޒާރާއިން ކުރިއަށް ގެންދާ 'ބެޑް ރިޑެން' ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވަމުން، އާސިފް ވިދާޅުވީ، މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާ ފަރާތްތަކަށް، ވުޒާރާގެ ސޯޝަލް ވޯކަރުންނާއި ހެލްތް މިނިސްޓްރީގެ ޓީމަކުން ޒިޔާރަތްކުރައްވައި، ރެޖިސްޓްރީވެފައިވާ ފަރާތަކީ މި ޕްރޮގްރާމުގެ ޝަރުތުތައް ފުރިހަމަވާ ފަރާތެއްްތޯ ބެލުމަށް ސްކްރީނިން މަރުޙަލާއެއް ކުރިއަށްދާނެކަމަށެވެ. އަދި އެފަރާތަކީ، މި ޚިދުމަތް ބޭނުންވާ ފަރާތްތަކެއްކަން ދެނެގަނެވުމުން، މި ވުޒާރާއާއި ހެލްތް މިނިސްޓްރީގެ ފަރާތުން އެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ހެލް މިނިސްޓްރީއިން، އެ ގެއަކަށް މަހަކު އެއް ފަހަރު ޒިޔާރަތްކޮށް، ދާންމަތިވެފައިވާ އިސްރަށްވެހިންނަށް ބޭނުންވާ ޞިއްޚީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމަށް އާސިފް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ވުޒާރާއިން، އެ ގެތަކަށް މަހަކު އެއް ފަހަރު ޒިޔާރަތްކުރައްވާ، އެ ޢާއިލާތަކަށް އިޖުތިމާޢީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށް ވެސް އާސިފް ވަނީ ފާހަގަކުރައްވާފައެވެ.

2014 ވަނަ އަހަރުން ފެށިގެން ހެލްތް މިނިސްޓްރީއާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމަށް އާ ބަދަލުތަކާއެކު ފަށައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުންގެ ތެރެއިން ވޮލަންޓިއަރކޮށް ގެތަކަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިގެންނެވެ. އަދި އެމީހުންނާއެކު ގާލް ގައިޑްގެ ކުދިންވެސް މި ޒިޔާރަތްތަކުގައި ވަނީ ބައިވެރިވެފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ދާންމަތިވެފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަމާއި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside