logoEN
Sto top
ކާޑެއްދޫއަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން، ފަންނީ އެހީތެރިކަން ފޯރުކޮށްދީފިން - މިނިސްޓްރީ

ކާޑެއްދޫއަށް ކުރިމަތިވެފައިވާ ހުވަނީގެ މައްސަލަ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން، ފަންނީ އެހީތެރިކަން ފޯރުކޮށްދީފިން - މިނިސްޓްރީ

އަހުމަދު ޝުރާއު

logo

5/18/2025, 7:06:37 AM

# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

-

ކާޑެއްދޫ އެއާޕޯޓްގައި ހުވަނި ގިނަވެ، އެކަމުގެ ކަންބޮޑުވުންތައް ސަމާލުކަމަށް އައުމާއިއެކު، ހުވަނި ކޮންޓުރޯލް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ބުނެފި އެވެ.

Wamco

އެވުޒާރާއިން މިއަދު ބުނީ ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލުކުރުމަށް އެހީއަށް އެދި އެ ވުޒާރާއަށް އެ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް އައިސްފައެއް ނުވާ ކަމަށާއި އެކަން ވުޒާރާގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލްމީޑިއާގެ ޒަރީއާއިން ކަމަށެވެ.

އެގޮތުން މި މައްސަލަ ވުޒާރާގެ ސަމާލުކަމަށް އައުމާއިއެކު އެވުޒާރާގެ ކަމާއިގުޅުންހުރި އިދާރާއިންވަނީ އެ އެއާޕޯޓަށް ގުޅުއްވާ، އެތަނުގައި މީގެކުރިން އެކޮޅުން ޢަމަލުކުރައްވާފައިވާގޮތް ބައްލަވައި، އިތުރަށް ކުރެވިދާނެ ކަންކަމާއިގުޅޭގޮތުގެ މައުލޫމާތު ދެއްވާފައި ކަމަށް ވުޒާރާއިން ބުނެއެވެ. އަދި ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މަޢުލޫމާތު ކަރުދާސް އެ އެއާޕޯޓާއި ހިއްސާކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.

މީހުން ދިރިއުލޭރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށުކައުންސިލްގެ ޒިންމާއެކެވެ. އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ އެ ވުޒާރާއިންއެވެ.

އެވުޒާރާއިން ބުނީ ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެ އެރަށެއްގެ މެނޭޖްކުރައްވާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު ކަމަށާއި މިފަދަ ފަރާތްތަކަށްވެސް ބޭނުންވާ ފަންނީ އެހީތެރިކަން ވުޒާރާއިން ފޯރުކޮށްދޭނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside