
ފުވައްމުލައް ސިޓީގެ ދަނޑުވެރިންނާއި ވަޒީރު މާރިޔާ ބައްދަލު ކުރައްވައިފި
# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ--
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވަޒީރު، ޑރ. މާރްޔަމް މާރިޔާ ފުވައްމުލައް ސިޓީގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވާ، ދަނޑުވެރިކަމުގައި އެބޭފުޅުންގެ ހާލަތު ބައްލަވައި، މަޝްވަރާކުރައްވައިފިއެވެ.

ރަސްމީދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރޭ އެރަށުގެ ދަނޑުވެރިންނާއި ވަޒީރު، ބައްދަލުކުރެއްވުމުން، ދަނޑުވެރިންވަނީ ދަނޑުވެރިކަމުގައި އެބޭފުފުޅުންނަށް ކުރިމަތިވެފައިވާ ގޮނެޖެހުންތައް ވަޒީރާއި ހިއްސާކުރައްވާފައެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ފަހަގަކުރެއްވީ ރާއްޖެގައި ކާނާގެ ޔަޤީންކަން ކަށަވަރުކުމަކީ މި ސަރުމާރު ގެ މައިގަނޑު އަމާޒެއްކަމަށެވެ. ސަބަބަކީ ކޮވިޑް ފަދަ އާލަމީ ވަބާއެއް ކުރިމަތިވިޔަސް ރާއްޖެއަށް ކާނާ ލިބުމުގައި ދަތިނުވުންކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭނީ ދަނޑުވެރިންގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ދެމެހެއްޓެނިވި، ޒަމާނީ ދަނޑުވެރިކަމެއް ޤާއިމް ކުރެވިގެންކަމަށެވެ.
ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ ދަނޑުވެރިންނަށް ބެނުންވާ ފަންނީ ތަމްރީންތައް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އިތުރުގެ 3 އަތޮޅެއްގައި އަމަލީ ތަމްރީންތައް ވަނީ ފަށާފައި އެވެ. އޭގެ އިތުރުން ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ އައު ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާއި ދަނޑުވެރިންނަށް މާކެޓް ހޯދާނެގޮތްތައް އަންނަނީ ދަނޑުވެރިންނާއި ހިއްސާކުރަމުންނެވެ.
ގުޅުންހުރި

އެފްއޭއޯ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަރުކާރުގެ މަޤްޞަދަކީ ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން - މާރިޔާ

ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކުރަނީ
