
ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކުރަނީ
# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ--
ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކޮށް ތަންފީޒުކުރުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިޔަށް ގެންގޮސްފައިވަނީ އެގްރޯ ސަރވިސަސް އަދި ޕެސްޓަރމިނޭޓަރސްގެ ޓީމަކާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗައި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި އެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ޕެސްޓް މެނޭޖްމަންޓް އުސޫލުތައް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެވުޒާރާއިން ބުނެއެވެ.
ރާއްޖޭގައި ގަސްތަކާއި ރުއްތަކަށް ޖެހޭ ބަލިތަކުގެ ސަބަބައެއް ބާވަތްތަކުގެ ގަސްތަކާއި ރުއްތަށް ނެތިގެންދިއުމުގެ ބިރުވަނީ ބޮޑުވެފައެވެ.
އެހެންކަމުން އެބަލިތަށް ނައްތާލައި، ގަސްތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދެމެހެއްޓެނެވި ގޮތުގައި ކާނާ ލިބޭނެގޮތްތައް ފަހިކުރުމަށް މި ވުޒާރާއިން އަންނަނީ ކަމާއި ގުޅުންހުރި މާހިރުންގެ ލަފަޔާއި އިރުޝާދު ހޯދައި، ދިރާސާތައްވެސް ކުރަމުންނެވެ.
ގުޅުންހުރި

އެފްއޭއޯ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަރުކާރުގެ މަޤްޞަދަކީ ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން - މާރިޔާ

ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކުރަނީ
