logoEN
Sto top
ސަރުކާރުގެ މަޤްޞަދަކީ ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން - މާރިޔާ

ސަރުކާރުގެ މަޤްޞަދަކީ ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން - މާރިޔާ

އަހުމަދު ޝުރާއު

logo

6/4/2025, 11:05:01 AM

# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

-

މަޤްޞަދަކީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް ވާސިލް ވުމަށްޓަކައި، ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މާރިޔާ މިހެން ވިދާޅުވީ އާބަން ފާމިންގ ގެ ދެވަނަ މަޝްރޫއު ފެށުމަށްޓަކައި އިއްޔެ ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ދެއްކެވި ވާހަަކަފުޅުގައި އެވެ.

ވަޒީރު ވިދާޅުވީ މާލެ، ސީޓީ ފަދަ، ފަދަ ޖާގައިގެ ދަތިކަންހުރި ތަންތަނުގައިވެސް ގަސްއިންދާ ހެއްދުމަށް ޝައުގުވެރި މީހުން އުޅޭކަމަށެވެ. އަދި އޭގެ ތެރެއިން އެއްބައިމީހުން ގަސް ހައްދަނީ ހިތްހަމަޖެހުމަށްޓަކައިކަމަށެވެ. އަދި އަނެއްބަޔަކު ނަފާ ހޯދުމަށްވެސް ގަސް ހައްދާކަމަށެވެ. މިފަދަ މީހުންނަށް ކުރިމަތިވާ ގޮންޖެހުމަކީ ފަންނީ މައުލޫމާތު ނެތުމުގެ އިތުރުން، މާކެޓް ކުރެވޭނެ މަގުތައް ފަހިވެފައިނެތުމެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ލިބެންހުރި ޖާގަތައް އުފެއްދުންތެރިކަމާއެކު އަދި މައުނަވީ ގޮތެއްގައި ބޭނުންކޮށްފައިވާ ގޮތް ފެނުމަކީ ހިތްވަރު ލިބޭކަމެކެވެ. މި މަޝްރޫޢުގެ ސަބަބުން އެ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމަށް އެހީތެރިވުމުގެ އިތުރުން، ރަށުތެރޭގައި އުފައްދާ ތަކެތި އިޝްތިހާރުކޮަށް މާކެޓް ހޯދި، ދެމެހެއްޓެނިވި ގޮތެއްގައި ޝަހަރީ ދިރިއުޅުން ކުރިއެރުވުމަށްވެސް އެހީތެރިވެދޭނެކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside