
ވާލާއި ކާޅުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް ހައްލުކުރުމަށް އީޕީއޭ އާއިއެކު މަޝްވަރާއެއް!
# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ--
ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަވައިދެއްވުމަށް އެންވަރމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އެކު ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަންކުރަމުން އަންނަ ދަނޑުވެރިންނަށް ވާލާއި ކާޅުފަދަ ދިރޭތަކެތީގެ ސަބަބުން ގޮންޖެހުންތައްކުރިމަތިވެއެވެ. އެހެންކަމުން އެކަމަށް ހައްލު ހޯދުމަށް، އީޕީއޭ އާއި އެކު ބޭއްވި ބައްދަލުވުމުގައި، ކާޅު އަދި ވާލުގެ ދުއްތުރާތަކުން ދަނޑުތައް ސަލާމަތްކުރުމަށް، އެތަކެތި މެނޭޖު ކުރުމާއިގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ވަޒީރު މާރިޔާގެ އިތުރުން އެ ވުޒާރާގެ ކަމާއި ގުޅުންހުރި ޑިޕާޓްމަންޓްގެ އިސްބޭފުޅުން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގައި ވާލާއި ކާޅާއި ގުޅޭގޮޮތުން އީޕީއޭ އިން ވިދާޅުވީ ފުރަތަމަ ވާ އަދި ކާޅުގެ އަދަދު ބަލައި ދެނެގަތުމަށެވެ. އެއަށްފަހު އެ އަދަދަށް ބެލުމަށްފަހު އީޕީއޭއިން ޖަނަވާރުތައް ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެކަމަށެވެ.
އީޕީއޭއިން ވިދާޅުވީ ވާލާއި ކާޅު އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ، ކޮންޓްރޯލްކޮށްގެން އުނިކުރުންކަމަށް ވިސްނިދާނެކަމަށާއި އެކަމަކު އެއީ އެންމެ ފަހުކަމެއްގެ ގޮތުންކަމަށެވެ.
ދަނޑުވެރިކަމާއި ޖަނަވާރާއި ބެހޭ ވުޒާރާގެ މަޤްޞަދަކީ ދަނދުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމެވެ. އަދި އެއާއިއެކު އާންމު ސަލާމަތްތެރިކަން ޔަޤީންކޮށް، އަދި ރަނގަޅަށް މަޢުލޫމާތު ލިބިގެން ރޭވުންތެރިކަމާއެކު ކަންކަން ބައްޓަންކުރުމެވެ.
ގުޅުންހުރި

ސަރުކާރުގެ މަޤްޞަދަކީ ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން - މާރިޔާ

ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކުރަނީ

ފުވައްމުލައް ސިޓީގެ ދަނޑުވެރިންނާއި ވަޒީރު މާރިޔާ ބައްދަލު ކުރައްވައިފި
