
ބައިނަލަގްވާމީ މުޖުތަމައުއަށް ޚަލީލްގެ ޔަގީންކަން: ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ!
# ފޮރިން މިނިސްޓްރީ--
ދިވެހި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް މިއަދު ދެއްވައިފި އެވެ.

ދާދި ފަހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަޖިލީހުން ވަކިކުރުމުގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ބުނެ އެކަމާއި ދެކޮޅަށް ރާއްޖޭގެ ބޭރުގެ ބައެއް ޖަމިއްޔާތަކާއި ގައުމުތަކުގެ އިސްވެރިންނާއި އިދިކޮޅު އެމްޑީޕީގެ އިސްވެރިން އަންނަނީ ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުން އެފަރާތްތަކާއި ހިއްސާކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އާއި އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ވަނީ ކޮމަންވެލްތާއި ޔޫރޭޕިއަން ޔޫނިއަންގެ އިސްވެރިންނާއި ބައްދަލުކޮށް ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ އެފަރާތްތަކާއި މައުލޫމާތު ހިއްސާކޮށްފައި އެވެ.
މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ސަރުކާރުން ކަންކުރާނީ ޑިއު ޕްރޮސެސްއާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައިވެސް ކަންކޮށްފައިވަނީ ޑިއު ޕްރޮސެސްއާއި އެއްގޮތަށް ކަން ފާހަގަކުރައްވައި ޙަލީލް ވިދާޅުވީ އެފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރި ތަހުގީގަށް ފަހުގައި ކަމަށެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަމާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
ޙަލީލް ވަނީ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ބައިނަލްއަގްވާމީ މުޖުތަމައުއަށް ހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަތައް ހިއްސާކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައި އެވެ.
ގުޅުންހުރި

ބައިނަލަގްވާމީ މުޖުތަމައުއަށް ޚަލީލްގެ ޔަގީންކަން: ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ!

އިރުތިޝާމްގެ މަންދޫބު ކަމުގެ ފަތްކޮޅު އައިއެމްއޯގެ ސެކެޓްރީ ޖެނެރަލަށް އަރުވައްވައިފި

މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދޭނަން - ފޮރިން މިނިސްޓްރީ
