logoEN
Sto top
ފަރުކޮޅުފުށީގައި ނާސަރީއެއް ތަރައްގީކުރަނީ

ފަރުކޮޅުފުށީގައި ނާސަރީއެއް ތަރައްގީކުރަނީ

އަހުމަދު ޝުރާއު

logo

5/14/2025, 4:05:14 PM

# އެޗްޑީސީ

-

ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކޮށް ހިންގުމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް ޓޫރިޒަމްއާއި އެޗްޑީސީއާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

Wamco

އެޗްޑީސީން މިއަދު ބުނީ މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެއް ކަމަށާއި އެންވަޔަރަމެންޓު މިނިސްޓްރީން ތަރައްގީކުރާ މި ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބެލުމުގެ ދަށުން ކަމަށެވެ.

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ އެއް މިލިއަން ގަސް އިންދުމަށް ނިންމައި އެކަމުގެ ޕްލެޖްގައި މިދިޔަ ފެބްރުއަރީ މަހު ސޮއިކޮށްފައެވެ.

އެޗްޑީސީން އިންދާ އެއް މިލިއަން ގަސް، ހުޅުމާލޭގެ އިތުރުން ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާނެއެވެ.

މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެޗްޑީސީން ހިފާފައިވާ އަމާޒަށް ވާސިލުމަށްވެސް މަގުފަހިވާނެ ކަމަށް އެކުންފުނީން ބުނެފައިވާއިރު އެޗްޑީސީގެ އަމާޒަކީ، އެކުންފުނޫގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside