
ކޮންމެ ބޭފުޅެއްް ނަމަވެސް އެއްބަސްވުމާއި ޚިލާފްވެއްޖެ ނަމަ، އެރަށެއް އަނބުރާ އަތުލާނަން - މާރިޔާ
# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ--
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް، އެރަށްތަށް ނަންގަވާ، ފަރާތްތަކުން އެއްބަސްވުމާއި ޚިލާފްވެއްޖެނަމަ، އެއީ ކޮންމެ ބޭފުޅެއްނަމަވެސް، އެރަށެއް އަނބުރާ އަތުލާނެކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަަޖިލީހުގަައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖާވާބު އަރުވަމުން ވަޒީރު ވިދާޅުވީ، ފަޅުރަށްތަކާއިމެދު ފިޔަވަޅު އަޅުއްވަނީ، އެރަށްތަށް ހިންގަވައިގޮތް ބައްލަވައި މޮނީޓަރ ކުރެއްވުމަށްފަހުގައިކަމަށެވެ.
އެގޮތުން އެވުޒާރާއިން މޮނީޓަރިން ދަތުރުތައް އެރަށްތަކަށްކޮށް، އެއްބަސްވުމާއި ޚިލާފުވާ ކަންކަން ފާހަގަކުރެވިއްޖެނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެކަމަށެވެ.
މާރިޔާ މިފަދައިން ވިދާޅުވި އިރު ދާދި ފަހުން ސިޔާމްގެ ސަން ޓްރެވަލްސް އަށް ދޫކޮށްފައިވާ އުއްދޫ އާއި މިނާވަރު ސަރުކާރަށް ނަގަން ވަނީ ނިންމާފަ އެވެ. އެއީ ސިޔާސީ ނިންމުމެއް ކަމަށް ބުނެ ސިޔާމްއަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ސަރުކާރުގެ މަޤްޞަދަކީ ދަނޑުވެރިންނަށް ބޭނުންވާނެ ފަންނީ ތަމްރީންތަކާއި އެހީތެރިކަން ފޯރުކޮށްދިނުން - މާރިޔާ

ޕެސްޓް ކޮންޓްރޯލްކުރުމަށް ބަޔޮލޮޖިކަލް ކޮންޓްރޯލް އުސޫލުތައް ތަޢާރަފުކުރަނީ

ފުވައްމުލައް ސިޓީގެ ދަނޑުވެރިންނާއި ވަޒީރު މާރިޔާ ބައްދަލު ކުރައްވައިފި
