logoEN
Sto top
މާލެ ސިޓީ ކައުންސިލުގެ "ޗާލު މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް!

މާލެ ސިޓީ ކައުންސިލުގެ "ޗާލު މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް!

އަހުމަދު ޝުރާއު

logo

5/14/2025, 7:27:09 AM

# މާލެ ސިޓީ ކައުންސިލް

--

މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް، މާލެ ސިޓީ ކައުންސިލުން ހިންގާ "ޗާލު މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް ހަމަޖެއްސުމަށް، މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

Wamco

ކައުންސިލުން މި ކަން ފާސްކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވުނު، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވޭ ކަމަށާއި އެ ކަމަށް ގިނަ ޚަރަދު ތަކެއް ވެސް ހިނގާ ކަމަށެވެ. އެހެން ކަމުން މި މަސައްކަތުން އެންމެ ފުރިހަމަ ނަތީޖާ ނެރުމަށް ޓަކައި އެވެޔާނަސް ކެމްޕެއިންތަކެއް ހިންގައިގެން، މަގުތަކަށާއި ޕާކުތަކަށާއި ހުސްބިންތަކަށް ކުނި އެޅުން މަދުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.

"މާލެ ސިޓީ ރީއްޗަށް ބޭއްވުމަށް ޓަކއި، 60،50 މިލިޔަން ޚަރަދު ކުރެވޭ. މިއީ އަސްލު ކައުންސިލްގެ ބަޖެޓަށް ކެތްވާވަރު ޚަރަދުތަކެއްނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެކި ގޮތް ގޮތުން އެވެޔާނަސް ޕްރޮގްރާމްތައް ހިންގައިގެން ވެސް ކުނި އެޅުން މަދުކުރެވޭތޯ. ކުނިއެޅުން ހުއްޓުވޭތޯ. އަޅުގަނޑުމެން އަމާޒަކީ ހުއްޓުވުން." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މި އެވެޔާނަސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް ޓޫ އޮފް އަސް ބޭންޑާ މިހާރު ވާހަކަ ދެކެވި، އެ ބޭންޑާއެކު އެއްބަސް ވުމަކަށް ވެސް އާދެވި، މި އެވެޔާނަސް ކެމްޕެއިންގައި ބައިވެރިވާން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެ ބޭންޑަށް ފައިސާ ދީގެން ކުރާ ކަމެއް ނޫން ކަމަށާއި މި ކަމުގައި ފައިސާގެ އެއްވެސް މުޢާމަލާތެއް ނެތް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ޓޫ އޮފް އަސް ބޭންޑު ވަނީ، ދާދިފަހުން އިންޑިޔާގައި ކުރިއަށް ދިޔަ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕް އެވޯޑް ހޯދައި ރާއްޖޭގެ ތާރީޚުން ޖާގަ ހޯދައިފައެވެ. އެ ގޮތުން އެ މުބާރާތުގައި، ޓޫ އޮފް އަސް ބޭންޑް މުޅިންހެން ފެނިފައި ވަނީ، ދިވެހިރާއްޖޭގެ ސަޤާފަތާއި ދިވެހީންގެ އާދަކާދައިގެ ވާހަކަތަކުގެ މައްޗަށްކަން ފާހަގަ ކުރެވުނެއެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside