logoEN
Sto top
ލޯކަލް މާރުކޭޓް ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދު ފަހަރު، ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އަންގައިފި

ލޯކަލް މާރުކޭޓް ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދު ފަހަރު، ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އަންގައިފި

އަހުމަދު ޝުރާއު

logo

5/13/2025, 8:55:05 AM

# މާލެ ސިޓީ ކައުންސިލް

ފޮޓޯ: އަދަދު

މާލޭގެ އުތުރު ފަރާތު، ލޯކަލް މާރުކޭޓު ސަރަހައްދުގެ ފަޅު ބޭނުންކުރާ އުޅަނދުފަހަރު، މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމަށް އަންގައިފިއެވެ.

Wamco

މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިންމަވައި، އެ އިދާރާގެ ގެޒެޓްގައި ޝައިޢުކޮށްފައިވާ ޢާންމު އިޢުލާންގައި ބުނެފައިވަނީ، މި ބަދަލު ގެނައީ، ފަޅު ބޭނުންކުރާ އުޅަނދުފަހަރަށް އެ ސަރަހައްދަށް ވަދެ ނުކުތުމުގައާއި، ސަރަހައްދުން ޚިދުމަތް ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލެއް ގެނެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށެވެ.

އަދި މިބަދަލުތަކާ ގުޅިގެން، ލޯކަލް މާރުކޭޓުގެ ހުޅަނގު ކަނުން ފެށިގެން ކެނދި ގަސް ހިނގުމުގެ އިރުމަތީ ކަނާ ހަމައަށް ހިމެނޭ، ފަޅުގެ ސަރަހައްދު ބޭނުންކުރާ ހުރިހައި އުޅަނދުފަހަރު، އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ކައުސިލްގައި ރަޖިސްޓްރީކުރުމަށް ވެސް ވަނީ އެދިފައެވެ. ރަޖިސްޓްރީކުރުމަށް ބޭނުންވާ ފޯމު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް، ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް، އައު އިންތިޒާމުގެ ދަށުން، އެ ސަރަހައްދަށް ޚިދުމަތް ހޯދުމަށް އަންނަ މަސް ދޯނި ފަހަރާއި، މުދާ އުފުލާ އުޅަނދު ފަހަރު، ސަރަހައްދަށް ވަދެ ޚިދުމަތް ހޯދަން ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ހުންނަ، ސިޓީ ކައުންސިލްގެ ޕޯސްޓްގައި ނަން ނޯޓްކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި 01 ޖުލައި 2025 އިން ފެށިގެން، އެ ސަރަހައްދުގައި އަޅައިފައި ހުންނަ އުޅަނދު ފަހަރާއި، ޚިދުމަތް ހޯދާ ހުރިހައި އުޅަނދު ފަހަރުން، މާލޭސިޓީގެ ފަޅުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ ޤަވައިޢިދުގެ ދަށުން ފީ އެއް ނަގަމުންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން މި ގެނައި ބަދަލުތަކާ ގުޅިގެން، އެ ސަރަހައްދު ބޭނުން ކުރާ އުޅަނދުތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside