logoEN
Sto top
މައްޗަންގޯޅި ސަހަރާގައި ކުރަންޖެހޭ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވައިލައިފި

މައްޗަންގޯޅި ސަހަރާގައި ކުރަންޖެހޭ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވައިލައިފި

އަހުމަދު ޝުރާއު

logo

4/27/2025, 4:31:22 PM

# މާލެ ސިޓީ ކައުންސިލް

--

މައްޗަންގޯޅި ސަހަރާއިން ބައެއް ސާފުކޮށް މަގު ފާރު ތަޅައި ކުނިތައް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވައިލައިފިއެވެ.

Wamco

މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ބީލަމަށް ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ.

މި ބީލަމަށް ހުޅުވާލުމަށް ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ބުނެފައި ވަނީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުން 30 އޭޕްރީލް 2025 ވަނަ ދުވަހުގެ، 10:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ، ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެކަމަށެވެ.

މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނީ، 7 މެއި 2025 ވަނަ ދުވަހުގެ 10:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މި މަސައްކަތުގެ ދަށުން ސާފުކުރުމަށް ހަމަޖެހިފައި ވަނީ 16835 އަކަ ފޫޓެވެ.

މި ނިންމުމަކީ 27 އޮގަސްޓް 2019 ގައި ކައުންސިލްގެ ތިން ވަނަ ދައުރުން ނިންމާފައިވާ ނިންމުމެކެވެ. އޭރުއްސުރެ މި ނިންމުން ތަންފީޒު ނުކޮށް، މި މަސައްކަތް ނުނިމި ދިގުދެމިގެން ގޮސްފައި ވަނިކޮށް، މި މަސައްކަތް ކުރުމަށް މިއަދު މި ނިންމެވީ، މާލެ ސިޓީގެ މިހާރުގެ މޭޔަރ އާދަމް ޢާޒިމެއެވެ.

މާލެ ސިޓިގެ މޭޔަރުކަމާ އާދަމް ޢާޒިމް ހަވާލުވެވަޑައިގެން މިވީ އަހަރެއްހައި ދުވަހުގެތެރޭގައި، މާލެ ސިޓީގެ ކުނި މެނޭޖުކޮށް، މަގުތަކާއި ޕާކުތަކާއި މައިދާންތަކާއި ހުސްބިންތަކާއި ކާނުތައް ސާފުކޮށް ބޭއްވުމަށް ސަމާލުކަންދެއްވި ފަދައިން، އެ މަނިކުފާނު ވަނީ، މާލޭ ގެ ސަހަރާތައް ރީތިކޮށް، މީހުން ހިތްހަމަޖެހޭ ފަދަ ތަންތަނަށް އެ ތަންތަން ހެއްދެވުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްދެއްވަމުންނެވެ. މާލޭގެ އާ ސަހަރާއާއި ހުޅުމާލެ ސަހަރާއަށް ބަލާލުމުން މިހާރު މި ކަންޔަޤީންވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside