
ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް ހުދު ސަމާލު!
# މޫސުމާއިބެހޭ ގައުމީ އިދާރާ--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި އެކު ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް މިރޭގެ 21:00 ގެ ނިޔަލަށެވެ.
އެގޮތުން ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ. މިއާއިއެކު ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށް ބުނެފައި އެވެ. އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފައި ވެއެވެ.