logoEN
Sto top
ކުރިޔަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ - މެޓް

ކުރިޔަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ - މެޓް

އަހުމަދު ޝުރާއު

logo

5/11/2025, 9:28:09 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

ކުރިޔަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެދާނެ ކަމަށް ބެލެވޭތީ ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމަށެވެ.

އަދި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި އެވެ.

މިއާއިއެކު މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަވާލުވެލެއްވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ ފާއިތުވި ހަފްތާގެ ތެރޭގައި އެވެ. އެގޮތުން ހުޅަނގު މޫސުން ފެށުމާއިއެކު ފާއިތުވި 5 ދުވަހުގެވެސް ރާއްޖޭގެ ބޮޑު ސަރަހައްދުތަކެއް އޮތީ ހުދު ސަމާލުގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside