logoEN
Sto top
ވާދަވެރި ކުޅުމަށްފަހު ރާއްޖެ އަތުން މޮޅުވެ އީރާން ސެމީފައިނަލުން ޖާގަ ހޯދައިފި

ވާދަވެރި ކުޅުމަށްފަހު ރާއްޖެ އަތުން މޮޅުވެ އީރާން ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

5/13/2025, 5:49:21 AM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ރާއްޖެ އާއި އީރާން ވާދަކުރި މެޗުގެ ތެރެއިން..ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް

އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގެ ކުއާޓާ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ރާއްޖެ އަތުން މޮޅުވެ އީރާން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ބަލިވި ނަަމަވެސް ދިވެހި ޓީމު ކުއާޓާ ފައިނަލުން ޖާގަހޯދީ ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލައި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށްވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އީރާނުން މިސެޓް ކާމިޔާބުކުރީ ހަތް ލަނޑުގެ ލީޑަކާއެކު 14-8 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ބީޗް ހޭންޑްބޯޅައިގައި އޭޝިޔާގެ ގަދަ ބާރެއްކަމައްވާ އީރާނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓުގައި އެޓީމުން 32 ލަނޑު ކާމިޔާބުކުރިއިރު، ދިވެހި ޓީމުން ވެސް ވަނީ 15 ލަނޑު ކާމިޔާބުކޮށްފައެވެ.

ޖުމްލަކޮށް މިމެޗުގެ ކުޅުމަށް ބަލާއިރު މިއީ މިމުބާރާތުގައި ދިވެހި ޓީމުގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުން މިމެޗުގައި ފެނިގެންދިޔައީ އަދި އީރާން ކަހަލަ ބީޗް ހޭންޑްބޯޅައިގެ ވަރުގަދަ ބާރަކާއި ދެކޮޅަށް މިފަދަ މުބާރާތެއްގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ދިވެހި ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ތައުރީފް ހައްގު ހިތްވަރުގަދަ ކުޅުމެކެވެ.

މިމުބާރާތުގައި ދިވެހި ޓީމަށް ކުރިއަށް އޮތީ ރޭންކިންގް މެޗެވެ. އެމެޗުގައި މިރޭ ރައްޖެ ގަޑިން 21:00 ގައި ދިވެހި ޓީމުން ނުކުންނާނީ ސައުދީއަރަބިޔާއާއި ދެކޮޅަށެވެ. އަދި މީގެ ކުރިން މިދެޓީމު މިމުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކޮށްފައިވާއިރު، އެމެޗު ސައުދީ ޓީމުން ކާމިޔާބުކުރީ 12-20 އަދި 8-20 ގެ ނަތީޖާއަކުންނެވެ.

6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި ނުވަ ގައުމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތަކަށްފަހު އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށް ވަނީ ކުއާޓާގެ ފުރުސަތު ލިބިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside