logoEN
Sto top
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް ކުއާޓާ ފައިނަލުގެެ ޖާގައެއް ދިވެހި ޓީމުން ކަށަވަރުކޮށްފި

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް ކުއާޓާ ފައިނަލުގެެ ޖާގައެއް ދިވެހި ޓީމުން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

5/11/2025, 8:15:57 PM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ހޮންކޮންގް އާއި ދިވެހި ޓީމު ވާދަކުރި މެޗުގެ ތެރެއިން...

އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގެ ގުރޫޕް އޭގެ ފަހު މެޗުގައި އާދިއްތަ ދުވަހުގެ ރޭ އޮމާން އަތުން ބަލިވި ނަމަވެސް މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ރާއްޖެއިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މުބާރާތުގައި ހޮންކޮންގް ކުޅުނު ފުރަތަމަ މެޗުގައި ސައުދީއަރަބިޔާ އާއި ވާދަކޮށް 20-14 އަދި 17-6 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އޮމާން އަތުން ހޮންކޮންގް ޓީމު ބަލިވީ 19-6 އަދި 20-10 ގެ ނަތީޖާއަކުންނެވެ. އަދި ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޮމާނާއި ވާދަކޮށް 8-22 އަދި 6-22 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ސައުދީއަރަބިޔާ އަތުން ދިވެހި ޓީމު ބަލިވީ 12-20 އަދި 8-20 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް 12-18 ގެ ނަތީޖާއަކުން ހޮންކޮންގް ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 20-14 ގެ ނަތީޖާއަކުންނެވެ. އަދި މިގުރޫޕްގެ ފަހު މެޗުގައި އޮމާނުން ވަނީ 12-13 އަދި 10-16 ގެ ނަތީޖާއަކުން ސައުދީއަރަބިޔާ ބަލިކޮށް ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ.

މިރޭގެ މެޗަށްފަހު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދެމުން ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މިމުބާރާތަކީ ސައުތު އޭޝިއަން ޗެންޕިއަންޝިޕްގައި މެޑަލް ހޯދުމަށް އެކުލަވާލި މި ޓީމަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ބައިވެރިވި މުބާރާތެއްކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދުން، މި މުބާރާތުގެ ސަބަބުން ޓީމުގެ ފެންވަރު ވަޒަންކުރެވިއްޖެ އަދި މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ކުރިން ޓީމަށް ފެންވަރު ރަނގަޅު މެޗުތަކެއް ލިބިގެން މިދިޔައީ"..

"މުބާރާތުގައި މެޗަކަށްފަހު މެޗެއްގައި ޓީމުގެ ކުޅުން ރަނގަޅުވެ ނަތީޖާގެ ފަރަގު ވެސް ވަނީ ކުޑަވެފަ އަދި ހޮންކޮންގް މެޗަށްފަހު މުބާރާތުގައި ވާދަކުރާ ޓީމުތަކުން ކޯޗުންނާއި އޮފިޝަލުން ވަނީ ދިވެހި ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ހިއްވަރުދީފަ... ޚާއްސަކޮށް އަލަށް ބީޗް ހޭންޑްބޯޅަ ޓީމެއް އެކުލަވާލުމަށްފަހު ކުޅުނު ފުރަތަމަ މުބާރާތުގައި ދުނިޔޭގެ ނިސްބަތުން ވަރުގަދަ ޓީމުތަކަކާއި ދެކޮޅަށް ދިވެހި ޓީމުން ދައްކައިދިނީ ތައުރީޕް ހައްގު ކުޅުމެއް."...

6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ނުވަ ގައުމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގެ ގުރޫޕް ސްޓޭޖު މެޗުތަކަށްފަހު އެންމެ ނަތީޖާ ރަނގަޅު އަށް ޓީމަށް ވަނީ ކުއާޓާގެ ފުރުސަތު ލިބިފައެވެ.

މީގެ އިތުރުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައި ދިވެހި ޓީމުން ނުކުންނާނީ އިރާނާއި ދެކޮޅަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside