
މައިންބަފައިން ކުދިންނާއެކު ބާއްވާ ގުޅުމަކީ ކުދީންގެ ޝަހުސިއްޔަތު ބިނާކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއް!
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ--
މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކާއި، ކުދިންނާއި ބާއްވާ ގާތް ގުޅުމަކީ، އެކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމަށް އަސާސީ ދައުރެއް އަދާކުރާ ކަންކަންކަމުގައި އިޖުތިމާޢާ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވާފައިވާފައިވާ ޚާއްސަ މެސެޖެއްގައެވެ.
މިއަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 'އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން' އެވެ. މި ޝިއާރަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ، އުފާވެރި ވަގުތާއި، އުފާވެރި ގުޅުމުގެ ސަބަބުން ކުދިންނަކީ އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ، ތަޢުލީމީ އިޖުތިމާޢީ އަދި ނަފްސާނީގޮތުން ކުރިއަރާފައިވާ ކުދިންނަށް ވެގެންދާކަމަށެވެ. މިފަދަ ކުދިން ވެގެންދަނީ ދިރިއުޅުމާމެދު ހެޔޮގޮތަށް ދެކޭ، ހަރުދަނާ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ހުނަރުތައް ލިބިފައިވާ، މުޖުތަމަޢަށް ނަފާކުރަނިވި ކުދިންނަށްވުމަށް މަގުފަހިކޮށްދޭކަމަށެވެ.
އަދި މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި އުފާވެރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅާލުމާއި، އެހީތެރިކަމާ ހިތްވަރަކީ ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަންކަމުގެ ގޮތުގައި އެކަމަނާގެ މެސުގައި ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ޑރ ޢައިޝަތު ޝިހާމް ވަނީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުޖުތަމައުގެ އެކި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި މިހާރު ކުރެވެމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އެންމެން ވެސް ސާބިތުކަމާއެކު މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.
ގުޅުންހުރި

މައިންބަފައިން ކުދިންނާއެކު ބާއްވާ ގުޅުމަކީ ކުދީންގެ ޝަހުސިއްޔަތު ބިނާކުރުމުގައި އަސާސީ ދައުރެއް އަދާކުރާ ކަމެއް!

އަންހެނުން މަސްވެރިކަމުގެ ދާއިރާގައި ބާރުވެރިކުރުވުމަށް މަޝްވަރާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ހަވީރު، "އެކުގައި ވަމާ" އަށް ބޮޑު ތަރުހީބެއް!
