
ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރަން ރިޔާސީ ކޮމިޝަންގެ ހާއްސަ ޕޯޓަލްއެއް!
# ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަން--
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް އާންމުންގެ އެހީތެރިކަން ހޯދުމަށް ހާއްސަ ޕޯޓަލެއް ހުޅުވާލައިފިއެވެ.

އިންކުއަރީ ކޮމިޝަނުގެ މަސައްކަތާއި ގުޅިގެން ހާއްސަ ޕޯޓަލެއް ފަރުމާކޮށް ހުޅުވާލާފައިވަނީ މިއަދުއެވެ.
އެކޮމިޝަނުން ބުނީ މި ޕޯޓަލްގެ ޒަރީއްޔާއިން އަންހެން ކުއްޖާ ވެއްޓުނު ހާދިސާއާއި ގުޅޭ ފޮޓޯ، ވީޑީއޯ އަދި އެނޫންވެސް ލިޔެކިއުމެއް ނުވަތަ މައުލޫމާތެއް ކޮމިޝަނާއި ހިއްސާ ކުރެވޭނެ ކަމަށާއި މީގެ އިތުރުން، ކޮމިޝަނުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެ ޕޯޓަލް މެދުވެރިކޮށް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު 21 އަހަރުގެ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ޚާއްސަ ބާރުތަކެއް ދެއްވައި ރިޔާސީ ކޮމިޝަނެއް އުފެެއްދެވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެކޮމިޝަނަށް ރައީސް މުއިއްޒު 5 މެމްބަރަކު އައްޔަނުކޮށްފައިވާއިރު ކޮމިޝަންގެ ރައީސްއަކަށް އައްޔަނުކޮށްފައިވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު އެވެ.
ކޮމިޝަންގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު ކޮމިޝަނުން މިހާރު ވަނީ މިހާދިސާގެ ތަހުގީގާއި ގުޅޭ ބައެއް އިދާރާތަކާއިއެކު މަޝްވަރާ ބައްދަލުވުންތަކެއްވެސް ބާއްވާފައި އެވެ.