logoEN
Sto top
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ފުލުހުންނާއި ބައްދަލުކުރަނީ

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަނުން މިއަދު ފުލުހުންނާއި ބައްދަލުކުރަނީ

އަހުމަދު ޝުރާއު

logo

4/30/2025, 9:12:47 AM

# ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަން

-

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން މިއަދު ފުލުހުންނާއި ބައްދަލުކުރަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކުރީ މިހާރު ކުރިޔަށްދާ އެކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައިސް ޑރ މުހައްމަދު މުނައްވަރު އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ރަސްމީކޮށް މިހާރު ފަށާފައިވާ ކަމަށާއި މި މައްސަލައިގެ ތަހުގީގަށް މިއަދު ފުލުހުންނާއި އެކޮމިޝަނުގެ މެމްބަރުން ބައްދަލުކުރާނެ ކަމަށެވެ. އެގޮތުން ފުލުހުންނާއި ބައްދަލުކުރުމަށް ކޮމިޝަންގެ މެމްބަރުން ތާވަލުކޮށްފައިވަނީ 3:00 ގައި ކަމަށެވެ.

މުނައްވަރު މި ކޮމިޝަންގެ މަސައްކަތް ކުރިޔަށްދާނެ ގޮތާއި މެދު ވިދާޅުވީ ކޮމިޝަނުން ފުލުހުންގެ ތަހުގީގު ފުރިހަމަކުރުމަށް އެހީތެރިވާނެ ކަމަށެވެ. އަދި ތަހުގީގުގައި ފުލުހުން ހޯދާފައިވާ މައުލޫމާތު ކޮމިޝަނުން ބަލާނެ ކަމަށާއި އޭގެ ތެރޭގައި ތަހުގީގު ކުރިޔަށް ގޮސްފައިވާ މިންވަރާއި ތަހުގީގަށް މިހާތަނަށް ނަގާފައިވާ ބަޔާންތައްވެސް ބަލާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އަދި ފުލުހުންގެ ތަހުގީގުގައި ހުރި މައުލޫމާތު ރަނގަޅުކަމަށް ފެންނަ ކޮމިޝަންގެ ތަހުގީގުގައިވެސް ބޭނުންކުރާނީ އެމައުލޫމާތާއި ބަޔާންތައް ކަމަށާއި އެތަކެތި ރަނގަޅު ނޫން ނަމަ ކަންކުރާނެ ގޮތެއް ކޮމިޝަނުން ނިންމާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަގްސަދަކީ މައްސަލައިގެ ދެފުށް ފެންނަ ތަހުގީގެއް ހިންގައި ވީހާވެސް އަވަހަކަށް ތަހުގީގު ފުރިހަމަކުރުން ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ރައީސް ކޮމިޝަނެއް އުފައްދަވަން ނިންމެވީ މި މައްސަލައިގެ ތަހުގީގާއި މެދު ނުރުހުން ފާޅުކޮށް މާލޭގައި ބޮޑެތި މުޒާހަރާތަކެއް ފެށުމާއި ގުޅިގެންނެވެ. އެގޮތުން މައްސަލައިގެ ތަހުގީގަށް ރިޔާސީ ކޮމިޝަނެއް ރައީސްގެ ގަރާރަކުން އުފެއްދީ މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރު އެވެ. މި ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވަނި ޑރ މުނައްވަރުގެ އިތުރުން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު އާއި ޑރ މޫސާ މުރާދު އާއި ޖަބީން މުޙައްމަދުގެ އިތުރުން އާމިނަތު އީނާސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside