
--
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ޝްރީ ލަންކާގައި ކުރިއަށްދިޔުމަށް ހަމަޖެހިފައިވާ "ޑިޖިޓް އޭޝިޔާ ޕްރޮޖެކްޓް"ގެ ބައްދަލުވުމުގައި ބައިވެރިވެއްޖެ އެވެ.

މި ފެބްރުއަރީ މަހުގެ 12 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް އޭޝިޔާ ބައްރުގެ މަތީ ތަޢުލީމު ކުރިއެރުވުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުމެކެވެ.
އެގޮތުން،ޑިޖިޓަލް ވަޞީލަތްތަށް ބޭނުންކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމަށް ލިބިފައިވާ ކުރިއެރުމާއި މުސްތަޤްބަލުގައި ޑިޖިޓަލް ވަޞީލަތްތަކާއި އެކު މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.
އޭޝިޔާގެ ޖުމްލަ 7 ޔުނިވާސިޓީއެއް ބައިވެރިވާ މި ބައްދަލުވުމުގައި އެމްއެންޔޫ އިން ބައިވެރިވެފައިވާއިރު، މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ މިދަފަ އެތަށް ބައިނަލްއަޤްވާމީ ބައްދަލުވުންތަކެއްގައި އެމްއެންޔޫ އިން ވަނީ ބައިވެރިވެފައެވެ.