
ޗެންޕިއަސް ލީގުހޯދުމަށް، ޕްރެމިއާ ލީގު ގުރުބާންކޮއްލި އާސެނަލް ޕީއެސްޖީ އަތްދަށުވެ މުބާރާތުން ކަޓައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# ޕީއެސްޖީ# އާސެނަލްޕީއެސްޖީ އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ޗެންޕިއަންސް ލީގު ސެމީފައިނަލް ދެވަނަ ލެގުގައި ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ އަތުން ބަލިވެ އާސެނަލް މުބާރާތުން ކަޓައިފިއެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ސެމީފައިނަލް ފުރަތަމަ ލެގުގެ މެޗު އާސެނަލްގެ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމު ފައިނަލުން ޖާގަ ހޯދީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މީގެ އިތުރުން މިއީ ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމު ވަނީ 2020 ވަނަ އަހަރުގެ ފައިނަލްގައި ކުޅެފަ އެވެ. އަދި ފައިނަލުގައި ބަޔާން މިއުނިކް އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ފަބިއަން ރުއިޒް އެވެ.
މީގެ އިތުރުން ދެވަނަ ހާފުގެ 69 ވަނަ މެޗުގައި މެޗުގެ އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޒުވާން ޑިފެންޑަރު މައިލްސް ލެވިސް ސްކެލީ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ ޕީއެސްޖީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވިޓީނައާ ކުރިއަށް ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.
ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޝްރަފް ހަކީމީ އެވެ. އަދި އާސެނަލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާ އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މި އަހަރުގެ ފައިނަލްގައި ޕީއެސްޖީ ނުކުންނާނީ ކުއާޓާގައި ބަޔާން މިއުނިކް އަދި ސެމީފައިނަލުގެ ބާސެލޯނާ ކޮޅަށް ހަތް ލަނޑުޖެހި އިންޓަ މިލާނާއި ދެކޮޅަށެވެ.
ގުޅުންހުރި

އެންޓޮނީގެ މޮޅު ކުޅުމާއެކު ރެއާލް ބެޓިސް ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުން ޖާގަ ހޯދައިފި

ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށް ޔުނައިޓެޑް ފައިނަލުން ޖާގަ ހޯދައިފި

ޗެންޕިއަސް ލީގުހޯދުމަށް، ޕްރެމިއާ ލީގު ގުރުބާންކޮއްލި އާސެނަލް ޕީއެސްޖީ އަތްދަށުވެ މުބާރާތުން ކަޓައިފި
