
އައިޔޫއެމް ތަރައްޤީ ކުރުމަށް އޯއައިސީގެ ދަށުން ހިންގަމުން އަންނަ ޔުނިވާސީޓީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި
# އިސްލާމިކް މިނިސްޓްރީ--
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ޠާހާއާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާޙިމް ޠާޙާއާއި އެމަނިކުފާނާއެކު ވަޑައިގެންނެވި ބޭފުޅުންގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެ ބޭފުޅުން ރާއްޖެއަށް ވަޑައިގެން ވުޒާރާއަށް ޒިޔާރަތް ކުރައްވާ ބައްދަލުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި އޯއައިސީން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ވަޒީރު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ފަލަސްޠީނުގެ މައްސަލައިގައި އޯއައިސީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިތުރަށް ތަރައްޤީ ކުރުމަށް އޯއައިސީގެ ދަށުން ހިންގަމުން އަންނަ ޔުނިވާސީޓީތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯދުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެ އިތުރުން އޯއައިސީގެ މެންޑޭޓުގައި ހިމެނޭ ދީނީ އެކި ކަންތައްތަކާ ގުޅޭ މަސައްކަތްތައް އޯއައިސީގައި ހިމެނޭ ޤައުމުތަކާއި ގުޅިގެން ކުރެވިދާނެ ގޮތްތަކާއިމެދުވެސް މި ބައްދަލުކުރެއްވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
ގުޅުންހުރި

ޖުލައި 10 އަދި 11 ގައި ސަލްމާނު މިސްކިތުގައި އިސްލާމީ ކުތުބުޚާނާގެ ޚާއްސަ ޙަރަކާތްތަކެއް ބާއްވަނީ

85 ޒުވާން ޚަޠީބުން، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗު ސެންޓަރު ހުޅުވައިފި




