
އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
# އުރީދޫ މޯލްޑިވްސް-
މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ.
އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެކެވެ: މި ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.
މިމަހުގެ 16 ވަނަ ދުވަހު ރަޖިސްޓްރޭޝަން ހުޅުވާލާފައިވާއިރު ރަޖިސްޓްރޭޝަންގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ.
ޕްރައިޒް ޕޫލް
- މުޅިއަކު 50،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި މުބާރާތުގައި ބަހާލެވިފައިވަނީ ތިރީގައިމިވަ ގޮތަށެވެ.
- ޗެމްޕިއަން: 25،000 ރުފިޔާ•
- 2 ވަނަ: 12،000 ރުފިޔާ
- 3 ވަނަ: 6،000 ރުފިޔާ•
- 4 ވަނަ: 3،000 ރުފިޔާ•
- އެމްވީޕީ: 4،000 ރުފިޔާ
ބައިވެރިވުމުގެ ގައިޑްލައިން
- ޓީމް ސައިޒް: ކޮންމެ ޓީމަކަށް މަދުވެގެން 6 ކުޅުންތެރިން ހިމަނަންވާނެ
- ޓީމް ނަންދިނުން: އެއް ރަށަކުން ގިނަ ޓީމްތަކެއް ތިބިނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެއެވެ.
- ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ އެވެ.
އުރީދޫން ބުނީ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ބޮޅެއް ކަމަށެވެ.
އަދި މި މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމްތައް ބައިވެރިވާނެ ކަމަށް އުއްމީދުކުރާކަމަށްވެސް އެކުންފުނީން ބުނެއެވެ.
ގުޅުންހުރި

3000 އަށްވުރެ ގިނަ ބައިވެރިންނާއިއެކު އުރީދޫ ފަން ރަން އައްޑޫ ސިޓީ ވަރަށް ކާމިޔާބު!

އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އީދުގެ ގުޅުން ބަދަހިކުރުމަށް އުރީދޫއިން ހާއްސަ އޮފާތަކެއް!
