logoEN
Sto top
މި އީދުގެ ގުޅުން ބަދަހިކުރުމަށް އުރީދޫއިން ހާއްސަ އޮފާތަކެއް!

މި އީދުގެ ގުޅުން ބަދަހިކުރުމަށް އުރީދޫއިން ހާއްސަ އޮފާތަކެއް!

އަހުމަދު ޝުރާއު

logo

6/3/2025, 3:29:17 PM

# އުރީދޫ މޯލްޑިވްސް

--

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ކަސްޓަމަރުންނަށް ތަފާތު އޮފާ ތަކެއް އިލާނުކޮށްފިއެވެ.

Wamco

އުރީދޫން ބުނީ ބޯނަސް ޑޭޓާ އާއި ވެލިއު ޕެކްޑް ޑެއިލީ ޕްލޭންތަކުން ފެށިގެން ޑެޑިކޭޓެޑް ގޭމިން ބޫސްޓާތަކާ ހަމައަށް މި އީދުގައި އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.

އީދު އޮފާތައް:
1. ހިލޭ ޓިކްޓޮކް

އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭ 2 ޖީބީ ހިލޭ ޓިކްޓޮކް ޑޭޓާއާއެކު މި އީދުގައި އުފަލާ މަޖާ ޓިކްޓޮކްހިއްސާކުރާށެވެ.

2. ސުޕަރނެޓް ގޭމަރ 100 އެޑް-އޮން

ސުޕަނެޓު މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސް ސްޕީޑް ބޫސްޓަރއެއް. 100 އެމްބީޕީއެސް ސްޕީޑް، 3 ގަޑިއިރަށް އެންމެ 50 ރުފިޔާއަށް. މި އެޑްއޮން އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ

3. ވެލިއު ޑެއިލީ ޕެކް – އެއް ދުވަހަށް 125 ޖީބީ ޑޭޓާ

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް އިތުރު ޑޭޓާ ބޭނުންވާނަމަ ޑެއިލީ ވެލިއު ޕެކް ނެގިދާއެއެވެ. - 1 ދުވަހަށް 125 ޖީބީ ލިބޭ މި ޕެކް ގެ އަގަކީ 75 ރުފިޔާއެވެ

4. ވެލިއު ޝެއާ ޕެކް - 100 ޖީބީ

މި އީދުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެލިއު ޝެއާ ޕެކް- މިއީ ޖުމްލަ 100 ޖީބީ، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ތިމާގެ ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ހިމެނޭ ޕެކެކެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް ކޮންމެ މީހަކަށް 30 ޖީބީ

5. މަގޭ ޕްލޭނާއެކު ބޯނަސް ޑޭޓާ

މަގޭ ޕްލޭން އެކްޓިވޭޓް ކޮށްލައިގެން 25 އިންސައްތަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. - ބޯނަސް ޑޭޓާ ލިބޭ ޕްލޭން ތަކަކީ މަގޭ 450، މަގޭ 500، މަގޭ 600، އަދި މަގޭ 750

6. އާޗާ ޕްލޭންއަށް އީދު ހަދިޔާ

އާޗާ 600 އަދި އާޗާ ޕްލޭން 750 އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 30 ޖީބީބޯނަސް ލިބިގެންދާނެއެވެ.

އުރީދޫން ބުނީ އަޟްޙާ ޢީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ޙިއްޞާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ހާއްސަ އޮފާރތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އުރީދޫން ބުނީ ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside