logoEN
Sto top
3000 އަށްވުރެ ގިނަ ބައިވެރިންނާއިއެކު އުރީދޫ ފަން ރަން އައްޑޫ ސިޓީ ވަރަށް ކާމިޔާބު!

3000 އަށްވުރެ ގިނަ ބައިވެރިންނާއިއެކު އުރީދޫ ފަން ރަން އައްޑޫ ސިޓީ ވަރަށް ކާމިޔާބު!

އަހުމަދު ޝުރާއު

logo

6/28/2025, 9:06:52 AM

# އުރީދޫ މޯލްޑިވްސް

-

އުރީދޫ މޯލްޑިވްސްއިން އައްޑޫސިޓީގައި ކުރިއަށްގެންދާ އުރީދޫ ފަން ރަން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Wamco

ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެކެވެ.

މި ދުވުން ކުރިއަށް ދިޔައީ އިއްޔެ ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ބަހައްޓާފައި ހުރި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކުން ބައިވެރިންނަށް މި ރަން އިތުރަށް ފަޅުފިލައިގެން ދިޔައެވެ.

ފަން ރަން ނިންމާ ކޮންމެ ދުވުންތެރިޔަށް ވެސް އައްޑޫ ސިޓީގައި ބޭއްވުނު މި ފަންރަން އަށް ހާޢްސަކޮށް ތައްޔާރުކުރެވިފައިވާ މެޑަލް އެއް ލިބިގެންދިޔައެވެ. ފަޚުރުވެރިކަމާ އެކު އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނީ" ވަނީ މި މެޑަލްގައި ހިމެނިފައެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ މި ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލުމަށް އައްޑޫ ސިޓީގެ މޭޔަރާއި ޕާޓްނަރުންނާއި އުރީދު މުވައްޒަފުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި އެވެ.

އުރީދޫ ފަން ރަން އަކީ އެއްބައިވަންތަކަމުގެ ތެރޭގައި ދުޅަހެޔޮ ކަމަށް ބަރުދީ، އެންމެން އެއްކޮށް އުފާވެރި މާހައުލެއްގައި ދުވެލުމަށް މަގުފަހިކޮށްދޭ ހަރަކާތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside