logoEN
Sto top
ތިނަދޫ އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ތިނަދޫ އެމްއެންޔޫ ކެމްޕަސް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

އަހުމަދު ޝުރާއު

logo

5/5/2025, 5:39:12 PM

# ތިނަދޫ ސިޓީ

--

ގދ. ތިނަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ( އެމްއެންޔޫ) ކެމްޕަސް އިތުރަށް ތަރައްގީކޮށް ދަރިވަރުންނަށާއި މުވައްޒަފުންނަށް ޚާއްސަ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

Wamco

އެމްޓީސީސީން މިއަދު ބުނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ވަކި 3 މަޝްރޫއެއްގެ ގޮތުގައި ކަމަށާއި އެއީ މި ކެމްޕަސްގައި 3 ފަންގިފިލާގެ އިމާރާތެއް ހެދުމާއި، ދަރިވަރުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި މުވައްޒަފުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލެކެއް އިމާރާތްކުރުން ކަމަށެވެ.

ފުރަތަމަ މަޝްރޫގެ ދަށުން 3 ފަންގިފިލާގެ ކެމްޕަސް އިމާރާތެއް ހެދުމަށް ހަމަޖެހިފައިވާއިރު ދެވަނަ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި އެވެ. ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކްގައި 31 ކޮޓަރިއާއި ލޯންޑްރީއެއް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ތިންވަނަ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ޚާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެ ކަމަށާއި މި ބޮލޮކްގައ،ި 7 ކޮޓަރިއާއި ކެފޭއެއްވެސް ހުންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި އެވެ.

10,000 އިން މަތީގެ އާބާދީއެއް ދިރިއުޅޭ ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ތަރައްގީކޮށް ޚިދުމަތް ލިބޭން ފެށުމުން ރަށުގެ ރައްޔިތުންނަށް ތައުލީމީ ރޮނގުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside