
ތިނަދޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަޖީބުގެ މެނެފެސްޓޯ އިފްތިތާހުކޮށްފި
# ތިނަދޫ ސިޓީ# މުހައްމަދު އަޖީބް-
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު އަޖީބުގެ ކެމްޕެއިން ވެބްސައިޓާއި މެނެފެސްޓޯ އިފްތިތާހުކޮށްފި އެވެ.

މިއަދު އެރަށުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އަޖީބުގެ މެނެފެސްޓޯ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ. މިއަދު ލޯންޗުކުރި ވެބްސައިޓުގައި އަޖީބުގެ ތައާރަފަކާއި މެނެފެސްޓޯގައި ހިމެނޭ ކަންކަމުގެ ތަފްސީލާއި ކެމްޕެއިން ހަރަކާތްތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައި އެވެ.
އެގޮތުން އަޖީބުގެ މެނެފެސްޓޯ މައިގަނޑުގޮތެއްގައި ޚާއްސަކޮށްފައިވަނީ 8 ކަމަކަށެވެ. އެ ކަންކަމަކީ:
- ޢިލްމީ ސިކުނޑިތަކަކުން، ފާގަތި މުސްތަޤުބަލެއް ބިނާކުރުން
- ގޭދޮށުން ޞިއްޙީ ފަރުވާ
- ދެމެހެއްޓެނިވި ދިރިއުޅުމަކަށް ފެހި ސިޓީއެއް
- ޒުވާނުން ބާރުވެރި ކުރުވުން
- އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކުރުން
- ފަތުރުވެރިކަމުގެ ނަފާ ރަށަށް
- ވަޒީފާއާއި، ކުރިއެރުމާއި، އަދި އެންމެންނަށް ފުރުޞަތުތައް
- އަންހެނުން ބާރުވެރިކުރުން
މި 8 ދާއިރާއަށް ޚާއްސަކޮށްގެން މިއަދު އިފްތިތާހުކުރި އަޖީބުގެ މެނެފެސްޓޯގައި ވަރަށް ތަފްސީލުކޮށް ތިނަދޫއާއި މެދު އަޖީބު ގެންގުޅުއްވާ ތަސައްވުރު ހިމަނާފައިވެއެވެ.
އަޖީބުގެ މެނެފެސްޓޯ ބައްލަވާލެއްވުމަށް މި ލިންކު ބޭނުންފުޅުކުރައްވާ!
ގުޅުންހުރި

ތިނަދޫ އާއި ކާޑެއްދޫ ބްރިޖް: ކްރޮސް ސަބްސިޑީ އުސޫލުން ޕްރޮޕޯސަލްތަކެއް ލިބި، އެވެލުއޭޝަން މަރުހަލާ ކުރިއަށް!

ތިނަދޫ ސިޓީގައި މިއަހަރު ނަފްސާނީ ފަރުވޭދޭ ކްލިނިކެއް ގާއިމްކުރަނީ

ތިނަދޫ ސިޓީއަށް ބޭނުންވާ ތަރައްޤީ ހޯދުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބޭނެ - މޭޔަރު ސައުދު




