logoEN
WAMCO TOP 1
ތިނަދޫ ސިޓީގައި މިއަހަރު ނަފްސާނީ ފަރުވޭދޭ ކްލިނިކެއް ގާއިމްކުރަނީ

ތިނަދޫ ސިޓީގައި މިއަހަރު ނަފްސާނީ ފަރުވޭދޭ ކްލިނިކެއް ގާއިމްކުރަނީ

# ތިނަދޫ ސިޓީ# ނަފްސާނީ ޚިދުމަތް

ތިނަދޫ ސިޓީ

ތިނަދޫ ސިޓީގައި ގާއިމްކުރާ ނަފްސާނީ ފަރުވާދޭ ކްލިނިކްގެ މަސައްކަތް ނިންމާ، މި އަހަރު ތެރޭގައި ހިދުމަތް ފަށޭނެ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަގެ ސީއީއޯ އަހްމަދު އަޝްރަފް ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ސީއީއޯ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތައް އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލްކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

އެގޮތުން ތިނަދޫ ސިޓީގައި ގާއިމްކުރާ ނަފްސާނީ ފަރުވާގެ ކްލިނިކްގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާ އަޝްރަފް ވިދާޅުވީ މިއަހަރުތެރޭ ހިދުމަތައް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މި ހިދުމަތް ފެށިގެންދާނީ އިމާރާތުގެ އިތުރުން، އެކަމަށް ހާއްސަ ޑޮކްޓަރުންނާއެކު ކަމަށް އަޝްރަފް ވިދާޅުވި އެވެ."މިއަހަރުތެރޭގަ ހިދުމަތަށް ގެނެވޭވަރަށް މަސައްކަތްކުރަމުންމިދަނީ. އިމާރާތުގެ މަސައްކަތް މިހާރު ފެށިފަ އެހެރީ. އަޅުގަނޑުމެން ފޭސްތަކަކަށް ބަހާލައިގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން މަސައްކަތް ކުރަމުން މިދަނީ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފަ ހިދުމަތް ފަށާނަން. ހިދުމަތް ފަށާއިރުގަ ހަމައެކަނި އިމާރާތެއް އެކަންޏެއް ނޫން އެކަމަށް ހާއްސަ ޑޮކްޓަރުންވެސް ގެނެވޭނެ". އަޝްރަފް ވިދާޅުވި އެވެ.

މި ހިދުމަތް ފަހިވެގެންދިއުމަކީ ހުވަދު އަތޮޅުގައި ދިރިއުޅޭ ފަރާތްތަކާއި، ތިނަދޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ އެކި މައްސަލަތަކަށް ފަރުވާ ހޯދުމަށް ބޮޑު ފަސޭހައެއްވެގެންދާނެ ކަމެއްކަން ސަރުކާރުން ގަބޫލުކުރާއިރު، ހުވަދު އަތޮޅަކީ ނަފްސާނީ ފަރުވާއަށް ބޭނުންވާ ވަރަށް ގިނަ އާއިލާތައް ދިރިއުޅޭ އަތޮޅެއް ކަމަށް އަޝްރަފް ފާހަގަކުރެއްވި އެވެ. އަދި ހާއްސަކޮށް ތިނަދޫ ސިޓީއަކީ އެލާމިން ލެވެލެއްގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަ ފާހަގަކުރެވޭ ރަށެއްކަމަށް އަޝްރަފް ވިދާޅުވި އެވެ.

ކޮމެންޓް
ފަހުގެ
HDC