logoEN
PNC TOP 3
ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ޑރ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

3/26/2026, 2:59:14 PM

# ތިނަދޫ ސިޓީ

-

ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

PNC MID 2

މިއަދު ތިނަދޫގައި ބޭއެްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘީމް އިބްރާހިމެވެ. އަރިހުގައި ތިނަދޫ ދެކުނު އަދި އުތުރު ދާއިރާގެ މެމްބަރުން ބައިވެރިވަޑައިގެންނެވި އެވެ.

ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ ޢިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

މިއ،ީ 144.43 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.10,000 މަތީގެ އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ ދުވާލަކު އެތައް ބަޔަކު ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެވެރިކަން ކުރާ ރަށެވެ. ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރު ވިންގެއް ޑިޒައިންކޮށް ޢިމާރަތް ކުރުމުގެ ޢަމަލީ މަސައްކަތް ނިމުމާއެކު ތިނަދޫއިން ލިބޭ ސިއްޙީ ފަރުވާ އިތުރުވެ، ތިނަދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހި ވެގެންދާނެއެވެ. މިއ،ީ މި ރަށާއި އަދި އަތޮޅު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC