logoEN
Sto top
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ޔޫއެންޑީޕީއާއި ގުޅިގެން ފޯރުކޮށްދެނީ

ޕީޖީ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ޔޫއެންޑީޕީއާއި ގުޅިގެން ފޯރުކޮށްދެނީ

އަހުމަދު ޝުރާއު

logo

5/4/2025, 5:16:22 PM

# ޕީޖީ އޮފީސް

--

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި މިއަދު ސޮއިކޮށްފި އެވެ.

Wamco

މިކަމާ ގުޅޭ އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް ރިޓަޔަރޑް ޢައްބާސް ޝަރީފާއި، ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާއެވެ.

ޕީޖީ އޮފީހުން ބުނީ މިއީ އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މުއައްސަސާގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމާއެކު، ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެމަސައްކަތަކީ އެ އޮފީހުން ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

"މިއީ ދައުލަތުގެ ހެކިންނާއި އަނިޔާގެ ޝިކާރައަށްވީ މީހުންނަށް އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޤާއިމުކޮށްފައިވާ ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ޔުނިޓް (ޑަބްލިއު.ވީ.އެސް.ޔޫ) ގެ ވަރަށް ރަނގަޅު އިސްނެންގެވުމެއް. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެކަމާމެދު ޝައްކެއް ނެތް. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޓީމަށް ޔޫ.އެން.ޑީ.ޕީން ދެއްވި އަގުހުރި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން." މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަރއަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، އޮފީހުގެ މަސައްކަތުގެ މާޙައުލުގެ ދުޅަހެޔޮކަމާއި، މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މުހިންމު ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެއެވެ. ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މަޤްޞަދަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި އަޅާލުމުގެ ސަޤާފަތެއް އާލާކުރުމާއި، މުވައްޒަފުންގެ މަސައްކަތާއި، ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. އަދި މުވައްޒަފުންކުރާ ޤާނޫނީ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުން ކަމަށް އެ އޮފީހުން ބުނެއެވެ.

އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވުމަކީ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ޢަދުލު އިންޞާފުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމެއް ކަމަށާއި އަދި ޢާންމުންނަށްދޭ ޚިދުމަތުގައި ވަފާތެރިކަމާ، އަޅާލުމާއި އޯގާތެރިކަމުގެ ރޫޙެއް އާލާވެ، ޖިނާއީ ޢަދުލުގެ ނިޒާމަށް ދިގު މުއްދަތުގެ ހެޔޮ ބަދަލުތަކެއް އަންނާނެކަމެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ،

"ޕީޖީ އޮފީހުން އެ އޮފީހުގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް މިކުރާ އިންވެސްޓްމަންޓަކީ ޢަދުލު އިންސާފުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ބިންގަލެކެވެ. މި ޕާޓްނަރޝިޕްއަކީ އަޅުގަނޑުމެން ގުޅިގެން މުއައްސަސާގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ނަމޫނާއެކެވެ. އެކަން މި ފަށަނީ އެކަން ކުރިއަށް ގެންދާ މީހުންނާ އެކުގައެވެ." ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް، އެންރިކޯ ވިދާޅުވިއެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޔޫ.އެން.ޑީ.ޕީއާ ދެމެދު އޮތް ދިގު މުއްދަތުގެ ޕާރޓްނަރޝިޕް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި ޔޫ.އެން.ޑީ.ޕީއަކީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ބައިވެރިއެއް ގޮތުގައި، މާނަހުރި ގޮތެއްގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ކުރިއެރުމަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންގެންދާ ޖަމިއްޔާއެއް ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ،

މި މަސައްކަތް ހިނގަމުންދާގޮތް ގާތުން ބަލައި މޮނިޓަރކުރަމުން ގެންދިއުމަށާއި، އެންމެ އެދެވޭ ނަތީޖާ ޙާޞިލުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދުރު ރާސްތާގެ ތަޞައްވުރަކީ އޯގާތެރިކަމާ، ޤާނޫނާއި ގަވާއިދުތައް ނަގަހައްޓައި ތަންފީޛްކުރުމާއެކު، އަޅާލުމާއި ހަމްދަރުދީ އެކުލެވިގެންވާ ޖިނާއީ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside