logoEN
Sto top
 ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އޮމާނަށް ދިއުމައްޓަކައި މިއަދު ފުރައިފި

ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އޮމާނަށް ދިއުމައްޓަކައި މިއަދު ފުރައިފި

ހަސަން ޝަމްއޫން

logo

5/4/2025, 11:39:00 AM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު

10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ބީޗް ހޭންޑްބޯލް ޓީމް އޮމާންއަށް ދިއުމައްޓަކައި މިއަދު ފުރައިފިއެވެ.

Wamco

މިމުބާރާތައް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ދިވެހި ގައުމީ ޓީމު އެކުލަވާލުމަށްފަހު ޕާކިސްތާނުގެ ތަޖްރިބާކާރު ކޯޗަކާއެކު ކުޅުދުއްފުށި ސިޓީގައި ކޭމްޕްކޮށް ދުރާލައި ފަރިތަކުންތައް ފަށާފައެވެ.

6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި އޮންނަ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ އޮމާން، ސައުދީ އަރަބިޔާ އަދި ހޮންކޮންގް އާއެކު ގުރޫޕް އޭގައެވެ. ގުރޫޕް ބީގައި ހިމެނެނީ އީރާން، ފިލިޕިންސް، ޖޯޑަން، ޕާކިސްތާންގެ އިތުރުން އިންޑިޔާ އެވެ.

Handball Maldives

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside