
ގައުމުގެ އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ހިތްވަރުން: މާރިޔާ
# ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ--
ގައުމުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ދެއްވި މެސެޖެއްގައެވެ.
އެކަމަނާ ދިވެހި މަސައްކަތްތެރިންނަށް އިޝާރާތް ކުރައްވާ ވިދާޅުވީ އަހަރެމެންގެ ފަޚްރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއި އެކު ކުރައްވާ ބުރަ މަސައްކަތުން ކަމަށެވެ.
ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖެއްސަވައިފައެވެ.
ވަޒީރު ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންނަށް ޚާއްސަ ދުވަހެއްކަމުން މިއަދު ހުރިހާ މަސައްކަތްތެރިންނަވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އެއީ ކޮންމެހެން މިއަދު އެބޭފުޅުންނަށް ލިބިގެންވާ ޙައްޤެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ކޮންމެ ބޭފުޅެއްް ނަމަވެސް އެއްބަސްވުމާއި ޚިލާފްވެއްޖެ ނަމަ، އެރަށެއް އަނބުރާ އަތުލާނަން - މާރިޔާ

ގައުމުގެ އިޤްތިޞާދު ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ހިތްވަރުން: މާރިޔާ

އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް ވިޔަފާރި މެނޭޖްމަންޓް ތަމްރީނެއް ހިންގައިފި
