
-
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، ދިވެހި މަސްވެރިން ދައުލަތް ދަންނަ ބަޔަކަށް ވެއްޖެކަމަށް ފިޝަރީޒް މިނިސްޓްރީ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ގައުމީ ބޭންކް ބީއެމްއެލް މެދުވެރިކޮށް ފައިނޭންސް ފެސިލިޓީތަކަށް މަސްވެރިންނަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރައްވާ އެހެން ފަރާތްތަކަށް ލިބިދެވޭ ފުރުޞަތުތަކުން މަސްވެރިން މަޙްރޫމްނުވާނެ ގޮތް ހެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއް ކަމަށެވެ.
މީގެ އިތުރުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
މިކަމަކީ މަސްވެރިންނަށް ލިބިދެވޭ ޙައްޤުތަކާއި މަންފާތައް ފުރިހަމައަށް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހީންނަށް ލިބެން ޖެހޭ!
.webp&w=3840&q=75)
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަމަށް ސަރުކާރުން ކުރަން ޖެހޭ ހޭދަވެސް ބޮޑު!

މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް - ޝިޔާމް
.jpeg&w=3840&q=75)




