logoEN
Sto top
މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް - ޝިޔާމް

މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް - ޝިޔާމް

އަހުމަދު ޝުރާއު

logo

10/7/2025, 8:00:28 AM

# އަހުމަދު ޝިޔާމް

-

ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Wamco

ވަޒީރު މިހެން ވިދާޅުވީ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ހިންގާ މަޝްރޫއުގެ ކާމިޔާބީތައް ބަލާ ދިރާސާ ކުރުމަށް ހައި ލެވެލް ޑޯނަރ މިޝަންގެ ވަފުދު މިއަދު ހެނދުނު ތ.ހިރިލަންދޫއަށް ކުރި ޒިޔާރަތުގައި އެރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި ސިޔާސަތު ތަންފީޒުރުމަށްޓަކައި އައި.އެސް.ޑީ.ބީ އަދި އެލް.އެލް،އެފް އާއި ގުޅިގެން ހިންގާ މަޝްރޫޢު މެދުވެރިކޮށް މިހާރު ވަނީ އޮޑި ދޯނި ފަހަރުގައި މަސް ފިނިކޮށް ރައްކާކުރުމަށް ބޭނުންވާ އާރް.އެސް.ޑަބްލިއު ސިސްޓަމް އަދި ޖަނަރޭޓަރ ސެޓް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދިވެހި މަސްވެރީންނާއި އޮޑިވެރީންނަށް ލިބުނު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް، ލިބުމަށްހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އައިސް ޕްލާންޓް އިތުރުކޮށް، އޮޑި ދޯނިފަހަރުގައި ލޮނުފެނުން، މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މަގުފަހި، ކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އަހައްމިއްޔަތުކަން ދެއްވާކަމެއް ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓަކީ މި ސިޔާސަތުގެ ދަށުން، އައިއެސްީބީ އަދި އެލް.އެލް އެފް އާއި ގުޅިގެން، ސަރުކާރުން ހިންގާ 13.6 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާ މި، ޕްރޮޖެކްޓުގެ ދަށުން، ސިސްޓަމް ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ގިނަ ދޯނި ފަހަރަށް، ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޒަމާނާ އެއްގޮތަށް މަސްވެރިކަން ތަރައްގީވަމުން އައުމަކީ ކާމިޔާބީއެއް ކަމަށާ ކާމިޔާބީގެ ފަހަތުގައި ވަނީ މި މަޝްރޫއުގެ ދަށުން އާރް.އެސް.ޑަބްލިއު ސިސްޓަމް އަދި ޖެނެރޭޓަރ ސެޓް ގެނެސް، ދިވެހި މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށް މަސްވެރިން ކުރަމުން ގެންދާ ބުރަ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC