.jpeg&w=3840&q=75)
-
ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝީޔާމް މިރޭ ފްރާންސްއަށް ފުރާވަޑައިގެންފިއެވެ.

ޖޫން 9 އިން 13 އަށް ފްރާންސްގެ ނީސްގައި ކުރިއަށްދާ މި ކޮންފަރެންސް ހުޅުވާ ސެޝަނުގައި ރާއްޖޭގެ ފަރާތުން ވަޒީރު ޝިޔާމް ވާހަކަފުޅު ދައްކަވާނެއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ޤައުމަކުން ކަނޑުގެ ވެށި ޙިމާޔަތްކޮށް، ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލާނެއެވެ. އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާނެއެވެ.
މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ، ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ޤައުމުތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުންނެވެ. އަދި ވަކިން ހާއްސަކޮށް ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތައް ރާއްކާތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިއްމުކަމަށާއި، އަދި މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް މިހާރުވެސް އަޅައި ތަންފީޒުކުރަމުންދާ ޤައުމުތަކަށް ހާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ޤާއިމްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވަކާލާތުކުރާނެއެވެ.
ހަމައެހެންމެ، ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މުޅި ދުނިޔޭގައިވެސް ކުރެވޭ ތިމާވެއްޓާ އެންމެ ރައްޓެހި މަސްވެރިކަމަށް ވީއިރުވެސް، މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ޓެރިފްގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހޭ އެއް ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް، އެކަމުގެ ސަބަބުން މަހުގެ ވިޔަފާރީގައި އެއްހަމައެއްގައި ވާދަކުރުމަށް ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަޔާންކޮށްދެވޭނެއެވެ. އަދި މަހުގެ ބާވަތްތަކުގެ ޓެރިފް ކަނޑައެޅުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބާރުލިބޭ ގޮތަށް ޓެރިފް ކަނޑައެޅިގެން ދިއުމުގެ މުހިއްމުކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް ވަކާލާތު ކުރާނެއެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޝިޔާމް ފްރާންސަށް!

ރައީސް މުއިއްޒުގެ މަސްވެރިކަމުގެ ސިޔާސަތުތަކަކީ ހަރުދަނާ ސިޔާސަތުތަކެއް- ޝިޔާމް

މަސްވެރިންނަކީ މިހާރު ދައުލަތުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ބައެއް: ޝިޔާމް
